އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ/ މިހާރު
ހަބަރު
05 Oct 2023 | 12:16
މުދައްރިސުންނަކީ ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއް: ޑރ. މުޢިއްޒު

ހުރިހާ މުދައްރިސުންނަށް 2023 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު އަރުއްވައިފި އެވެ. 

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުނގަންނާދެއްވާ މުދައްރިސުންނަށާއި ތަޢުލީމީ ހުރިހައި މަރުޙަލާއެއްގައި އުގަންނައިދިނުމުގެ އަގުހުރި ޚިދުމަތް އަދާކުރައްވާ އެންމެހައި ބޭފުޅުންނަށް ޑރ. މުޢިއްޒު ވަނީ އަރިސްކުރައްވާފައެވެ.

"މުދައްރިސުންނަކީ ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެވެ. ކަތިކަން ނައްތައިލާ ރަހަފަތިތަކެވެ. އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެވެ." މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި ފޮނުވި މެސެޖުގައި ޑރ. މުޢިއްޒު ވިދާޅުވިއެެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާޞިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ޤައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. އެއީ ހަރުދަނާ އަޚްލާޤާއި، ތަނަވަސް ޢިލްމާއި ކުޅަދާނަ ހުނަރުވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މި ފުރުޞަތުގައި އަޅުގަނޑު ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވައިލަން ބޭނުންވާ ދެ ކަމެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިޢާރުން ވެސް އިޝާރާތްކުރާ އެއް މައްސަލައެވެ. މުދައްރިސުންގެ ޢަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ޤާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ." މުޢިއްޒު ވިދާޅުވިއެެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނު ފާހަގަކުރެއްވި އެ ދެ މައްސަލައަށް ވެސް ދެން އުފެދިގެން އަންނަ ސަރުކާރުން ވަރަށް އިސްކަންދެއްވާނެ ކަމަށެވެ.

އަދި 21 ވަނަ ޤަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމާ، ޤާބިލުކަމާއި އުޅުންތެރިކަމާއި، އިޖުތިމާޢި މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތައް އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މި އެއާއެކު، ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކޮށް، މުދައްރިސުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ. އަދި، މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކޮށް، މުޖުތަމަޢުގައި މުދައްރިސުންގެ ޤަދަރާއި ޝަރަފު މަތިވެރިކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މިއާއެކު މުޢިއްޒު ވަނީ ދިވެހި ޖީލުތައް ޢިލްމާއި ހުނަރާއި ތަރުބިއްޔަތުގެ ނޫރުން އުޖާލާކުރުމަށް މުދައްރިސުން ކުރައްވަމުންގެންދަވާ މާތް މަސައްކަތުގައި ބަރަކާތްލައްވަވައި، ތައުފީޤު މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.