އަލްސީސީގެ ކެމްޕޭނު ޕޯސްޓަރަކާއި އެކު ކެމްޕޭނު ހަރަކާތެއް ކުރިއަށް ގެންދަނީ. ފޮޓޯ:ބީބީސީ
ހަބަރު
05 Oct 2023 | 14:31
މިސްރުގެ އިންތިޚާބުގައި އަލްސީސީ އާއި ވާދަކުރުމުގެ މަގުވަނީ ބަންދު ކޮށްފައި: އިދިކޮޅު ޕާޓީތައް

ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޞްރުގެ އިންތިޚާބުގައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ އާއި ވާދަކުރުމުގެ މަގުވަނީ ބަންދުކޮށްފައި ކަމަށް މިޞްރުގެ އިދިކޮޅު ޕާޓީ ތަކުން ބުނެފިއެވެ.

މިޞްރުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ  ސިވިލް ޑިމޮކްރެޓިކް މޫވްމެންޓުން ބުދަ ދުވަހު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ވާދަ ކުރުމަށް އަލްސީސީ ހުރަސް އަޅަމުން ދާ ކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން މިޞްރުގެ އިންތިޚާބު ތަކާއި ބެހޭ އޮތޯރިޓީ އިން ބުނެފައިވަނީ ހުށައެޅިފައިވާ ޝަކުވާގެ މައްސަލަތައް ތަހްޤީޤީ ކުރެވިފައިވާ ކަމަށާއި އެވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަ ތަކެއް ކަމަށެވެ.

މިޞްރުގެ އިންތިޚާބާއި ބެހޭ ޤަވާއިދުގެ ދަށުން މިޞްރުގެ ރައީސް ކަމަށް ވާދަކުރުމަށް ހުށައެޅެނީ ޢާންމު ރައްޔިތުންގެ 25000 މީހެއްގެ ފުރިހަމަ ތާއީދާއި 15 ގަވަރުނަރެއް ނުވަތަ ޤާނޫނު ހަދާ މަޖިލީހުގެ 20 މެމްބަރެއްގެ ތާއީދާއި އެކު 14 އޮކްޓޫބަރުގެ ކުރިން ކެންޑިޑެސީ ރެޖިސްޓަރ ކޮށްގެނެވެ.

މިޞްރުގެ ވެރިއަކަށް ހުންނެވި އަލްސީސީ ވަނީ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ތިންވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތުމުގެ އުންމީދާއި އެކު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން އިދިކޮޅު ޕާޓީ ތަކަށް ކުރިމަތިވަމުންދާ ހުރަސް ތަކުގެ ސަބަބުން މިޞްރުގެ އިންތިޚާބު މިނިވަން ވާނެ މިންވަރާއި މެދު މިޞްރުގެ ސިޔާސީ މަސްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ސުވާލު އުފައްދަވައިފިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް