ރައީސް ޔާމީން ގެއަށް ބަދަލު ކުރުން-- ފޮޓޯ/ ވޮއިސް
ހަބަރު
05 Oct 2023 | 19:13
ޑރ މުޢިއްޒަށް ތާއިދުކުރުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން: ރައީސް ޔާމީން

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުން ގެއަށް ބަދަލު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ތާއީދާއެކު، ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ.މުޢިއްޒަށް ދެވެން އޮތް ހުރިހާ ގޮތަކުން އެއްބާރުލުން ދެއްވާނެކަމަށެވެ. 

‏"އަޅުގަނޑުމެން މިކުރާ މަސަތްކަތުގައި މިހާރު ހޮވިވަޑައިގެން ހުންނެވި ރައީސްއަށް (ޑރ. މުޢިއްޒަށް) ތާއިދުކުރުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" 

ރައީސް ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް މި ސަރުކާރާއި އިންޑިއާ އިން އުއްމީދު ކުރި ކަމަށާ އެހެންނަމަވެސް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަގީގީ މަންޒަރު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް މި ސަރުކާރުން އަދި އިންޑިއާ ސަރުކާރުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެކުރީ އަޅުގަނޑު ޖަލުގައި ބަހައްޓައިގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. ފުރަތަމަ ބުރުގައި ވެސް އަޅުގަނޑު ނުނިކުންނަ ކަމުގައިވަނީނަމަ ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީންކޮށްގެން ތިބީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިއާއެކު ރައީސް ޔާމީން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޖަލުގައި ހުންނަވަން ޖެހުނު ނަމަވެސް އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މި ސަރުކާރު ބަދަލުކޮށް އިދިކޮޅަށް އިންތިހާބު ކާމިޔާބު ކުރެވުން ކަމަށެވެ.

"އަޅުގަނޑުވާ އެންމެ ބޮޑު އުފަލަކީ، އަޅުގަނޑު އަދިވެސް ޖަލުގައި ހުރެދާނަން، އެކަމު މި ސަރުކާރު ބަދަލުވުން. އަނިޔާވެރިކަމުގެ ވާހަކަދެއްކި މީހުން އަނިޔާވެރިވީ ދިވެހި ރައްޔިތުންނަށް. އަޅުގަނޑަށް އެކަންޏެއް ނޫން، ދިވެހި ރައްޔިތުންނަށް." ރައީސް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް
މުއިއްޒު
ޔާމިން ބުނާ އެއްޗަކަށް ނޯ އިތުބާރްރް
06 Oct 2023
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.