"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ފެށުމުގެ ރަސްމިއްޔާތު ތެރެއިިން
ކުޅިވަރު
06 Oct 2023 | 11:16
"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ސެމީފައިނަލް ދެމެޗު ވެސް މިރޭ!

"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ގުރޫޕް ސްޓޭޖު މެޗުތައް ނިމި ސެމީފައިނަލްގެ ދެމެޗް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޗެންޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިރޭ 20:30 ގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ގްރޫޕް އޭގެ އެއްވަނަ ޖީޖީއެސްސީ އާއި ގްރޫޕް ބީގެ ދެވަނަ ރަސްހިންނެ އެސްސީ އެވެ. އަދި 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރަނީ ގުރޫޕް ބީގެ އެއްވަނަ ބްރޭވް ޖެނެރޭޝަން އާއި ގުރޫޕް އޭގެ ދެވަނަ ހައިޑްރާ އެސްސީ އެވެ.

ޖީޖީއެސްސީ ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު އެކުއެވެ. އަދި މިގުރޫޕްގެ ދެވަނަ ހޯދި ހައިޑްރާ އެސްސީ ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު، އެޓީމު ބަލިވީ ޖީޖީއެސްސީ އައި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ގުރޫޕް ބީގެ އެއްވަނަ ބްރޭވް ޖެނެރޭޝަން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވެ އެއްމެޗު އެއްވަރުވެ، 7 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ. އެޓީމަށް ފައިދާ 34 ގޯލު ލިބުނު އިރު، މިގުރޫޕްގެ ދެވަނަ ހޯދީ ރަސްހިންނެ އެސްސީ އަށް ވެސް ތިން މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު އެޓީމު ލިބުނީ ފައިދާ 10 ގޯލެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

މިމުބާރާތަކީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ލ.އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އަދި މީގެ އިތުރުން މިއީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. އަދި މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.