ހަބަރު
06 Oct 2023 | 13:11
"ރަސޫލާ (ޞޢވ) ސުވަރުގެ ވަޑައިގެންނެވީ މި ދުނިޔެ، އެހެން ދުނިޔެއަކަށް ބަދަލު ކުރައްވާފައި!"

ނަބީކަމާއި ރަސޫލުކަން ޚަތިމު ކުރެއްވި އަހަރެމެންގެ ލޮބުވެތި މާތް ރަސޫލާ މުޙައްމަދު ޞައްލައްالله ޢަލައިހި ވަސައްލަމް މި ދުނިޔެ ދޫކުރެއްވީ އެކަލޭފާނާއި ހަވާލު ކުރެވުނު ޒިންމާ ފުރިހަމައަށް އަދާ ކުރައްވައި، މި ދުނިޔެ އެހެން ދުނިޔެ އަކަށް ބަދަލު ކުރައްވާފައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މައްސަރު"، މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ވަނީ، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުން ފެށިގެން ރަސޫލު ކަމާއި ގެން ފޮނުއްވުމާއި އަދި ދުނިޔެ ދޫކުރެއްވުމާއި ހަމައަށްވެސް ހަޔާތްޕުޅުގައި ހިނގައި ދިޔަ ބައެއް ކަންކަމާއި، އޭރުގެ މުޖުތަމަޢު ގައި ކަންކަން ހިނގަމުންއައި ގޮތަށް އަލިއަޅުވާލާފައެވެ.

އެގޮތުން ޚުތުބާގައި ބުނީ، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ޢާމުލް ފީލް އޭ ކިޔުނު އަހަރުގެ ރަބީޢުލް އައްވަލް މަހުގެ ތެރޭގައި ކަމަށެވެ. އަދި އޭރު ދުނިޔެ ހާލަތު އޮތީ ވަރަށް ވެސް ދަށު ދަރަޖައެއްގައި ކަމަށާ، މުޅި ދުނިޔެ އޮތީ ޖަހާލަތާއި އަނދިރި ކަމުގެ ތެރޭގައި ކަމަށްވާއިރު، ތައުހީދުގެ ސާފު ސީދާ އަގީދާ އަކީ ކޮން އެއްޗެއްކަން ދަންނަ މީހަކުވެސް އޭރު ނެތް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެފަދަ ނިކަމެތި ހާލަތެއްގައި މުޅި ދުނިޔެ އޮއްވާ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ދުނިޔެއަށް ވަޑައިގެންފައިވާ ކަމަށާ، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ޔަތީމު ޙާލު ކޮޅުގައި ނަމަވެސް އެކަލޭގެފާނަށް ތަރުބިއްޔަތު ލިބިވަޑައިގެންނެވީ ސީދާ އިލާހީ އިނާޔަތްތެރި ކަމުގެ ދަށުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، އުމުރުފުޅުން 40 އަހަރުފުޅުގައި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ދީނަށް ގޮވައިލެއްވުމުގެ މަތިވެރި ޒިންމާ ހަވާލުކުރެއްވުމާއި އެކު، އެ ޒިންމާވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. އެކަމުގެ ތެރެއިން، އެކަމަށް ހުރަސް އެޅުމަށް މުޝްރިކުން އެކަލޭގެފާނަށް ނުކުރާ އުނދގުލެއް ނެތްއިރު، އެ ލޮބުވެތި ނަބިއްޔާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ  ފުރާނަފުޅަށް ނުރައްކައުވާ ދަރަޖައަށް ވެސް މުސްލިމުންގެ ޢަމަލުތައް ދިޔަކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އެހެންނަމަވެސް، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ކުރައްވަން ފެއްޓެވި މަސައްކަތަށް ހުއްޓުމެއް އަޔަ ނުދެއްވައި ކުރިއަށް ގެންދެވިކަމަށާ، 23 އަހަރު ވަންދެން އެ ޒިންމާ އަދާކުރެއްވުމަށް ފަހު، އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވި އިރު ދުނިޔެ އޮތީ އެހެން ދުނިޔެ އަކަށް ބަދަލު ވެފައި ކަމަށް ޚުތުބާގައި ބުންޏެވެ. 

ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސައްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ، މާތް الله އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅުއްވި ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައެވެ. އެކަލޭގެފާނުގެ ރިސާލަތު ފުރިހަމައަށް އަދާކުރައްވާފައެވެ. ދުނިޔެ އެހެން ދުނިޔެއަކަށް ބަދަލުކުރައްވާ ފައެވެ. 

ހުކުރު ޚުތުބާ 

ޚުތުބާގައި އިތުރަށް ބުނު، އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށޫ މުޅިން އައު ދައުރެއް ކަމަށެވެ. އަދި އޭރު ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެ، ޢިލްމުގެ ނޫރުން އަލިވެ އުޖާލާވެ، އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާއްމުވެގެން ދިޔަކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. ހަމަ އެހެންމެ، އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވިއިރު، ދެކޮޅުވެރިކަމާއި ނޭއްގާނީ ކަންކަމާއި ބަދަލުގައި އެކވެރިކަމާއި، ސުލްޙަ މަސަލަސްކަން ގާއިމުވެ ތައުޙީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ އިމާރާތްތައް އާރާސްތު ވެގެންގޮސްފައިވާ ކަމަަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

ކީރިތި ރަސޫލާ ދުނިޔެ ދޫކުރައްވައި ވަޑައިގަތީ، އަހަރެމެން އޭގައި ހިފަހައްޓައިފި ނަމަ އަހަރެމެންނަށް ދުވަހަކުވެސް މަގު ނޯޅޭނެ ދެ އެއްޗެއް އަހަރެމެންގެ ތެރެއަށް ދޫކުރައްވާ ފައެވެ. އެއީ ކިރިތި ގުރުއާނާއި އިތުރު އެކަލޭގެފާނުގެ މާތްވެގެންވާ ސުންނަތެވެ. 

ޚުތުބާގައި ބުނީ އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ކުރެއްވި މިންނެތް މަސައްކަތްޕުޅަކީ، ދުލަކުން ގަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ ގިނަ ކަންތައްތައް ކަމަށެވެ. އެކަމަށްޓަކައި ޝުކުރު އަދާކުރުމުގެ ގޮތުން އަހަރެމެންނަށް ކުރެވެން އޮތް  ކަމަކީ އެ ގެނެސްދެއްވި ހދާޔަތާއި ޝަރީއަތަށް ފުރިހަމަ ގޮތުގައި ބޯލެނބުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.