ކްރޮސްރޯޑްސްގެ ޝިފާޒު ވެލައްސަރުގެ ދެ ކުޅުންތެރިން ކައިރިން ބޯޅައާއެކު ކުރިއަށް ދެވޭތޯ މަސައްކަތް ކުރަނީ
ކުޅިވަރު
06 Oct 2023 | 19:21
ޝިފާޒްގެ ހަތަރު ލަނޑާއެކު ދެވަނަ މެޗުން ވެސް މޮޅުވެ، ކްރޮސްރޯޑްސް ކުއާޓާ ފައިނަލަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް އޭގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި 6-2 ގެ ނަތީޖާއަކުން ވެލައްސަރު މޯލްޑިވްސް ބަލިކޮށް ކްރޮސްރޯޑްސް މޯލްޑިވްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް  ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ކޯމޯ ކޮކޯ އައިލެންޑް އަތުން ތަފާތުބޮޑު ނަތީޖާއަކުން ކްރޮސްރޯޑްސް މޮޅުވެފައި ވާއިރު، ފުރަތަމަ މެޗުގައި މާދޫ އަތުން ބަލިވެފައި އޮތުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި ވެލައްސަރަށް މިމެޗުން މޮޅުން އޮތީ މަޖުބޫރުވެފަ އެވެ. ނަމަވެސް މުބާރާތުގައި ކުޅުނު ދެ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކްރޮސްރޯޑްސް އިން ވަނީ މެޗުގެ ފުރަތަަމަ ހާފުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން އެޓީމުގެ ފުރަތަަމަ ދެލަނޑު މެޗުގެ 6 ވަނަ މިނެޓާއި 9 ވަނަ މިނެޓުގައި ޝިފާޒް އާދިލް ކާމިޔާބުކޮށްދިން އިރު، އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޝައްފާން ހަލީމު އެވެ. 

މިމެޗުގައި ވެލައްސަރުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުގެ ހުސެއިން އަސްލަމް ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކްރޮސްރޯޑްސްގެ ޝިފާޒު ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ކްރޮސްރޯޑްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ކްރޮސްރޯޑްސް އިން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ފަސްވަނަ ލަނޑު ފަހުހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝިފާޒް އެވެ. މިއީ މިމެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި ވެލައްސަރުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އިމްރާން މުހައްމަދު އެވެ.

މިމެޗުގައި ކްރޮސްރޯޑްސް އިން ކާމިޔާބުކުރި ހަވަނަ ލަނޑު ފަހުހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޫހް އިބްރާހިމް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-2 ގެ ނަތީޖާއަކުން ކްރޮސްރޯޑްސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ކްރޮސްރޯޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި އިރު، މިގުރޫޕްގެ އެއްވަނަ ލިބިގެންދާނީ ގުރޫޕްގެ ފަހު މެޗުގައި މަދޫ އާއި ކްރޮސްރޯޑްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ކޯމޯ ކޮކޯ ބަލިކޮށް މާދޫ އިން ވެސް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މިދެޓީމު ވާދަކުރާ މެޗު އެއްވަރުވެއްޖެނަމަ ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބޭނީ ކްރޮސްރޯޑްސް އަށެވެ. އަދި މިމެޗުން ބަލިވި ވެލައްސަރު ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ އިރު ބާކީ އެއް މެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.