ބްރޭވް ޖެނެރޭޝަން އާއި ހައިޑްރާ އެސްސީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
07 Oct 2023 | 02:25
ފަސޭހަކަމާއި ހައިޑްރާ އެސްސީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ބްރޭވް ޖެނެރޭޝަން އިން ހޯދައިފި

"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ގެ ސެމީފައިނަލް ދެވަނަ މެޗުގައި މިރޭ ފަސޭހަކަމާއި އެކު 8-0 ގެ ނަތީޖާއަކުން ހައިޑްރާ އެސްސީ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ބްރޭވް ޖެނެރޭޝަން އިން ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުން ބްރޭވް ޖެނެރޭޝަން ޖާގަ ހޯދީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގައި އެޓީމުން ކުޅުން ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވެ އެއްމެޗު އެއްވަރުވެފައިވާއިރު، ގްރޫޕްގެ އެއްވަނަ މަގާމަށް އެޓީމަށް ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ހައިޑްރާ އެސްސީ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ބްރޭވް ޖެނެރޭޝަން އިން ތިން ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ އަލްސަން އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަލްސަން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބްރޭވް ޖެނެރޭޝަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބްރޭވް ޖެނެރޭޝަން އިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށް އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި އެޓީމުގެ އަހުމަދު ވިޖުދާން ދެލަނޑު ކާމިޔާބުކުރި އިރު، މުހައްމަދު ތޯހިރު އަދި އަލީ އަރުޝަދު ގެ އިތުރުން އަހުމަދު ވިޝާހު، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-0 ގެ ނަތީޖާއަކުން ބްރޭވް ޖެނެރޭޝަން ކުރީގައި އޮވެގެންނެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބްރޭވް ޖެނެރޭޝަންގެ އަލީ އަލްސަން އެވެ.

މުބާރާތުގެ ފައިނަލު މެޗުގައި މިމަހުގެ 8 ވަނަ ދުވަހުގެ ރޭ 20:30 ގައި ބްރޭވް ޖެނެރޭޝަން ނުކުންނާނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ރަސްހިންނެ އެސްސީ ބަލިކޮށް ފައިނަލުން ޖާގަ ހޯދި ޖީޖީއެސްސީ އާއި ދެކޮޅަށެވެ.

މިމުބާރާތަކީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ލ.އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އަދި މީގެ އިތުރުން މިއީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓިއޯ އެވެ. އަދި މިމުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.