ކޮޕާ ލިބަޓަޑޯރެސް 2023 ގެ ފައިނަލްގައި ވާދަކުރާ ފްލޫމިނެންސް ގެ މާސެލޯ އަދި ބޮކާ ޖޫނިއާސް ގެ ކަވާނީ
ކުޅިވަރު
07 Oct 2023 | 06:13
ކޮޕާ ލިބަޓަޑޯރެސް ފައިނަލުގައި ބްރެޒިލް އާއި އާޖެންޓީނާގެ ކުރިމަތިލުމެއް

ދެކުނު އެމެރިކާގެ ކުލަބު ތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކޮޕާ ލިބަޓަޑޯރެސް 2023 ގެ ފައިނަލުން ބްރެޒިލްގެ ފްލޫމިނެންސް އާއި އާޖެންޓީނާގެ ބޮކާ ޖޫނިއާސް ޖަގަ ހޯދައިފިއެވެ.

ބޮކާ ޖޫނިއާސް އިން މިމުބާރާތުގެ ޗެމްޕިއަން 1977، 1978، 2000، 2001، 2003 އަދި 2007 ވަނަ އަހަރު ހޯދިއިރު، ފްލޫމިނެންސް އިން ވަނީ 1999، 2020 އަދި 2021 ގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބްރެޒިލްގެ ފްލެމެންގޯ އެވެ.

ފްލޫމިނެންސް އިން މިއަހަރުގެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ އިންޓަނޭސިއަނަލް 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. ފްލޫމިނެންސް ދަނޑުގައި މިދެޓީމު ވާދަކުރި ސެމީ ފައިނަލު ފުރަތަމަ ލެގުގެ މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވިއިރު، އިންޓަނޭސިއަނަލް ގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފްލޫމިނެންސް އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

ބޮކާ ޖޫނިއާސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބްރެޒިލްގެ ޕަލްމެއިރާސް އާއި ދެކޮޅަށް ކުޅުނު ދެމެޗު ވެސް އެއްވަރުވެ، ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ޕަލްމެއިރާސް ބަލިކުރުމަށްފަހު އެވެ. މިދެޓީމު ބޮކާ ޖޫނިއާސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވިއިރު، ޕަލްމެއިރާސް ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބޮކާ ޖޫނިއާސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ތަޖުރިބާކާރު ފޯވާޑް އެޑިސަން ކަވާނީ އެވެ. މިމެޗުގެ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ބޮކާ ޖޫނިއާސްގެ އާޖެންޓީނާ ޑިފެންޑަރު މާކޯސް ރޯޖޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު، ފަހުހާފުގެ ބޮޑުބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

ޕަލްމެއިރާސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ޑިފެންޑަރު ވަކީން ޕިކްރޭޒް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ބޮކާ ޖޫނިއާސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ކަވާނީގެ ޕެނަލްޓީ ޕަލްމެއިރާސް ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ޕަލްމެއިރާސް އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. 

ބްރެޒިލްގެ ފްލޫމިނެންސް އާއި އާޖެންޓީނާގެ ބޮކާ ޖޫނިއާސް ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2012 އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައެވެ. އެފަހަރު 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ފްލޫމިނެންސް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދީ ބޮކާ ޖޫނިއާސް އެވެ. ނަމަވެސް 2012 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބޮކާ ޖޫނިއާސްގެ ދަނޑުގައި ކުޅުނު މެޗު ފްލޫމިނެންސް އިން ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.