އާޒިމް ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އަވަސް
ހަބަރު
07 Oct 2023 | 19:24
އާރަށުގައި ބައްދަލުކޮށް ފައްޔާޒު ޗެއާޕާސަންކަމުން ވަކިކުރުމަށް ދަނީ މަޝްވަރާކުރަމުން: އާޒިމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމުގެ މަޤާމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަކިކުރުމަށް އާރަށުގައި މަޝްވަރާކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. 

މިއަދު ހަވީރު 5:33 ގައި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް އާރަށަށް ވަޑައިގެން އެމްޑީޕީގެ ޗެއާ ޕާސަންކަމުން ފައްޔާޒު ވަކިކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. 

އެ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 37 މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

"މިވަގުތު: އެމްޑީޕީގެ މަޖިލިސް މެމްބަރުން އާރަށުގައި ރައީސުލްޖުމްހޫރިއްޔާ ޞާލިހަށް ދަންނަވަމުން އެބަގެންދޭ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު މަގާމުން ދުރުކޮށް ދިނުމަށް. މި ބައްދަލުވުމަށް ގޮސްތިބީ 37 މެމްބަރުން"

އަލީ އާޒިމް 

ރިޔާސީ އިންތިޚާބުގައި ފައްޔާޒު ޖެއްސެވި ބައެއް ހިސާބުތައް ދިމާނުވުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް ޞާލިހަށް ކާމިޔާބު ކުރެވިދާނެކަމަށް ކަށަވަރުކަމާއެކު ފައްޔާޒު އޭރު ވިދާޅުވަމުން ގެންދެވި ނަމަވެސް، އެއީ އޯވާ ކޮންފިޑެންސް ވުން ކަމަށް އެ ޕާޓީން ވަނީ ފަހުން ބުނެފައެވެ. 

އޭގެ އިތުރުން ރިޔާސީ އިންތިޚާބުގައި ބޮޑެތި ގޯސްތަކެއް ހެދިފައިވާކަމަށް ވެސް އެމްޑީޕީން ބުނެފއިވެއެވެ. 

ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީން އެންމެ ފުރަތަމަ ބޭއްވި ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެވުނު ކަންތައްތަކަށް ވެސް ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކޮށްފައި ވެއެވެ. އަދި އެމްޑީޕީ ދެން ކުރިއަށް ގެންދެވޭނީ ޕާޓީގެ ލީޑަޝިޕަށް ބޮޑެތި ބަދަލުތަކެއް އައިސްގެންކަމަށް ވެސް އެ ޕާޓީގެ ކަންކަން ގާތުން ބަލަމުންދާ ބައެއް ފަރާތްތަކާއި، ސިޔާސީ ޕާޓީތަކުން ވެސް ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ނާޝިދު
ތީ ވަރަށް ހެޔޮވިސްނުމެއް
07 Oct 2023
ފައްޔާޒު
އަދިވެސް ހަމަ ނެއްޓެން ނޭނގިގެން؟ 😂😂😂
08 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.