ބިންހެލުމަށް ފަހު އަފްޣާން ގެ އާއިލާއެއް މަގުމަތީގައި. ފޮޓޯ:އަލްޖަޒީރާ
ހަބަރު
08 Oct 2023 | 11:34
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަރުވިމީހުންގެ ޢަދަދު 100 އިން މައްޗަށް

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނަށް އައިސްފައިވަނީ 6.3 މެގްނެޓިޔުޓްގެ ބިންހެލުމެކެވެ. ބިންހެލުން އައިސްފައިވަނީ ހީރަތް ސިޓީގެ ހުޅަނގު ސަރަހައްދަށެވެ. އަދި ބިންހެލުމަށް ފަހު ބާރުގަދަ "އާފްޓަރ ޝޮކްސް" ތަކެއް އައިސް ފައިވާ ކަމަށް އަލްޖްޒީރާގައި ބުނެފައިވެއެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަފްޣާނިސްތާނަށް ހޮނިހިރު ދުވަހު އައި ބިންހެލުމުގައި 100 މީހަކު މަރިވެފައިވާ ކަމަށާއި 500 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި މިޢަދަދު ތައް އިތުރަށް މަތިވެގެން ދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ބިންހެލުން އައި ސަރަހައްދުގެ ރައްޔިތަކު ބުނެފައިވަނީ  އެސަރަހައްދުގެ ގެތަކުން ރައްޔިތުން ވަނީ ނުކުމެފައި ކަމަށާއި، ފިހާރަ ތަކާއި އޮފީސް ޢިމާރާތްތައް ހުސްކޮށް ފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އަދިވެސް އިތުރަށް ބިންހެލުން އައިސްފާނެ ކަމަށް ލަފާ ކޮށްފައިވާކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވަނީ ބިންހެލުމުގެ އަސަރު ހީރަތް ސިޓީގެ 40 ކިލޯމީޓަރަށް ކޮށްފައިވާ ކަމަށެވެ. އަދި އެއާއި ގުޅިގެން ބާރުގަދަ ތިން "އާފްޓަރ ޝޮކް" އައިސްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް