އިންތިޚާބީ ރައީސް ގެ ތަރުޖަމާނު ފިރުޒުލް-- ފޮޓޯ/ޕީޕީއެމް
ހަބަރު
08 Oct 2023 | 11:46
އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާނެ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ތަރުޖަމާނު ރައްދުދެއްވައިފި!

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަމެއްގައިވެސް ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިންތިހާބީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ރައްދު ދެއްވައިފި އެވެ. 

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވަނީ މ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަން ފަދައިން، ޑރ. މުޢިއްޒުގެ ވެރިކަމުގައިވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ފަދަ މޭރުމަކުން ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން މުއިއްޒާއި ހަވާލާ ދެއްވައި، އެމަނިކުފާނުގެ ވެރިކަމުގައި ވެސް، އިންޑިޔާ ސިފައިންގެ 75 ވަރަކަށް މީހުން ރާއްޖޭގައި ތިބުމަށް މުޢިއްޒު ރުހިވަޑައިގަންނަވާ ފަދަ މޭރު ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ. 

އެކަމާއި ގުޅިގެން އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، ނަޝީދުގެ އެވާހަކަތަކަކީ އިންތިހާބީ ރައީސްއާއި އެއްވެސް ގޮތަކުން މަޝްވަރާކުރެވިގެން ދެއްކެވިވާހަކައެއް ނޫން ކަމަށެވެ. 

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ގެ ސްޓޭންޑް އަކީ އިންޑިއާ އަދި ކީއްކުރަން އެހެން އެއްވެސް ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކުވެސް ނުރުހެވޭނެއޭ. އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން. އަދި ހަމަ އެހެންމެ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ސާފު ޞަރީހަ ސްޓޭންޑް ވެސްމެ."

މުހައްމަދު ފިރުޒުލް 

އެހެންކަމުން ދިވެހި ރައްޔިތުންގެ ނިންމެވުމާއި ފުށުއަރާ ގޮތަށް، ޑރ. މުޢިއްޒަށް ނިސްބަތް ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ހިތާމަ ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި އެފަދައިން ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. 

ދިވެހި ރައްޔިތުންގެ ނިންމުމާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކާމެދު އަޅުގަނޑުމެން ހިތާމަކުރަން. އަދި ހަމައެހެންމެ، ޑރ.މުޢިއްޒަށް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް އިޝާރާތްކޮށް އެވާހަކަދެއްކެވީތީ ވަކިން ބޮޑަށް ހިތާމަކުރަން. އަދި އެފަދައިން އެކަން ނުކުރުމަށް އެދެން

މުހައްމަދު ފިރުޒުލް 

ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލެއްވުމަކީ ރިޔާސީ އިންތިޚާބުގައި ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިއްމު އެއް ވައުދެވެ. އަދި އެ ވައުދު ފުއްދަވައި ރައްޔިތުންގެ ނިންމުން ތަންފީޒުކުރުމުގައި އިންޑިއާއިން އެހީތެރިކަން ދިނުމަށް އެމަނިކުފާނުވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަމްގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.

ކޮމެންޓް
އަލިހޮއްކޮ
ތިޔަ ނަޝީދަކީ ނުރައްކާތެރި މީހެކެވެ. މިހާރު އެއުޅެނީ މުއިޒްއާއި ގާތްވެލައިގެން އަެނަ ހަލާކު ކޮއްލަންށެވެ. ވަަހަކައެއް ދައްކައިފިއްޔާ އެވާހަކައެއް އަބުރާލައި ދޮގުތަކެއް ލައިގެން ބަޔަކު ވާވައްދާނެއެވެ.
08 Oct 2023
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ