އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/ މުޢިއްޒު ފޮޓޯ ހަބް
ހަބަރު
08 Oct 2023 | 12:23
ޑރ. މުޢިއްޒުގެ ނަމުގައި ޓެލެގްރާމް މެސެޖުތަކެއް ދައުރު ކުރާތީ ސަމާލުވާން އެދިއްޖެ!

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ނަމުގައި ފޭކު ޓެލެގްރާމް މެސެޖުތަކެއް ދައުރު ކުރަމުންދާތީ ސަމާލުވާން އެދިއްޖެއެވެ. 

އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާ ލައްވަމުން، އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ނަމުގައި، އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް އެދި އަދި އެމަނިކުފާނާއިއެކު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެދި ޓެލެގްރާމް މެދުވެރިކޮށް މެސެޖުތަކެއް ދައުރު ކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ. 

ފިރުޒުލް ވަނީ އެއީ ޑރ. މުޢިއްޒުގެ ފަރާތުން ކުރައްވަމުންދާ މެސެޖުތަކެއް ނޫން ކަން ފާހަގަކުރައްވައި އެކަން ކަމާއިމެދު ސަމާލުވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 

މީގެ ކުރިންވެސް ޑރ. މުޢިއްޒު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ޒިންމާ އަދާކުރައްވަމުންދިޔަ އިރު، އެމަނިކުފާނު ނަމުގައި ފޭކު މަސެޖުތަކެއް ދައުރުކޮށްފައިއެވެ. 

މިފަހަކަށް އައިސް، މަކަރާއި ޙީލަތުން ފައިސާ ހޯދާ ފަރާތްތަކުން އަންނަނީ މިފަދަ އެކިއެކި މަގުތައް ބޭނުން ކޮށްގެން ޢާއްމުންގެ އަތުން ފައިސާ ފޭރުމަށް މަސައްކަތް ކުރަމުންނެވެ. މިފަދަ ކަންކަމަށް އާއްމުން ސަމާލުވެ ތިބުމަށް ތަކުރާރުކޮށް ފުލުހުން ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.