ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން
ހަބަރު
09 Oct 2023 | 11:14
އިންތިޤާލީ މަރުޙަލާގައި މުވައްޒަފުން ނެގުމުގައި ޢަމަލުކުރަންވީ ގޮތް ސީއެސްސީ އިން އަންގައިފި

ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުހަލާގައި އައު އިތުރު މުވައްޒަފުން ނެގުމުގައި ޢަމަލު ކުރަންވީ ގޮތް ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރުގެ އިދާރާތަކަށް އަންގައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސާކިޔުލާއެއްގައި ބުނެފައިވަނީ އައު މުވައްޒަފުން ނެގުމުގައި އެކޮމިޝަނުން އަންގައިފައިވާ ގޮތައް ޢަމަލު ކުރުމަށެވެ.

އެގޮތުން ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި މުދިމުންނާއި އިމާމުންގެ މަޤާމުތަކަކީ އެ ޚިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދިނުމަށް ބޭނުންވާ މަޤާމުތަކަކަށްވާތީ އެ މަޤާމުތަކަށް މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ އަންގައިފައެވެ.

ކޮންމެހެން ބޭނުންވާ އެފަދަ މުވައްޒަފުން ފިޔަވައި، މި ހިނދަށް ކޮންމެހެން އިޢުލާންކުރުމަށް ބޭނުންވާ މަޤާމެއް ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ ހުއްދަހޯދުމަށްފަހުގައި މެނުވީ އިޢުލާންނުކުރުމަށް ވެސް އެސާކިޔުލާގައި ވަނީ އަންގައިފައެވެ.

ހަމަމިއާއި އެކު މިހާތަނަށް އިޢުލާންކޮށްފައިވާ މަޤާމުތަކުގެ ތެރެއިން އޮފަރލެޓަރ ދީފައިނުވާ މަޤާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސައިލުމަށާއި، އަދި މި މަޤާމުތަކުގެ ތެރެއިން މުވައްޒަފަކު ވަކިވުމާ ގުޅިގެން ހުސްވެފައިވާ މަޤާމުތައް ނުވަތަ މި ވަގުތައް ކޮންމެހެން މީހަކު ބޭނުންވާ މަޤާމެއް ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ ، ހުއްދަހޯދުމަށްވެސް ވަނީ އެކޮމިޝަނުން އަންގައިފައެވެ.

މީގެ އިތުރުން އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި އައު މަޤާމުތައް އުފެއްދުމާއި އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަޤާމުތަކަށް މީހުން ހޯދުން މަޑުޖައްސައިލުމަށް އަންގަވައިފައިވެއެވެ. އަދި އިންޓަރނަލީ އިޢުލާންކޮށްގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑުތަކުގެ މަޤާމުތަކަށް މިހާތަނަށްކޮށްފައިވާ އިޢުލާންތަކާ ގުޅިގެން ކުރިއެރުންދިނުން މަޑުޖައްސައިލުމަށާއި،  މި ފަދަ މަޤާމުތަކަށް އިތުރަށް އިޢުލާންކުރުން މި ހިނދަށް މަޑުޖައްސައިލުމަށް ވަނީ އަންގައިފައެވެ.

ސިވިލް ސަރވިސްގެ އިދާރާތަކަށް ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓެންސީގެ އުޞޫލުން މީހުން ހަމަޖެއްސުން މަޑުޖައްސައިލުމަށާއި، މި ހިނދަށް ކޮންމެހެން އިޢުލާންކުރުމަށް ބޭނުންވާ މަޤާމެއް ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެހުއްދަހޯދުމަށްފަހުގައި މެނުވީ އިޢުލާންނުކުރުމަށް ވަނީ އަންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.