އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ވެއްޓިފައިވާ ޢިމާރާތެއްގައި ޢުމުރުން ދުވަސްވީ މީހަކު ހަރަކާތްތެރިވަނީ. ފޮޓޯ:އޭޕީ
ހަބަރު
09 Oct 2023 | 11:43
އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ދެހާހުން މައްޗަށް

ހޮނިހިރު ދުވަހު އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ދެހާހުން މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ބިންހެލުމުގެ  މަރުވެފައިވާ މީހުންގެ ޢަދަދު ދެހާހުން މައްޗަށް ގޮސްފައިވާއިރު އަދިވެސް މިޢަދަދު ދާނީ މައްޗަށް ކަމަށެވެ.

ބިންހެލުން އައި ސަރަހައްދުގައި މީހުން ސަލާމަތްކުރުމާއި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ރެސްކިޔު ވޯކަރުންނަށް މީހުން ސަލާމަތް ކުރުމާއި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ޒަމާނީ އެއްވެސް ވަސީލަތެއް ނެތި އެމީހުންގެ އަތުންނެވެ.

މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޓީމުގެ މެމްބަރެއް ކަމަށްވާ ޞާބިރް އަލްޖަޒީރާ އަށް ބުނެފައިވަނީ މީހުން ސަލާމަތް ކުރުމަށް ބޭނުންކުރާނެ އެއްވެސް ޒަމާނީ ވަސީލަތެއް އެމީހުންގެ އަތުގައި ނެތްކަމަށާއި، މީހުން ސަލާމަތް ކުރުމާއި މީހުން ހޯދުމަށް ތަމްރީން ވެފައިވާ އެއްވެސް މީހަކު އެޓީމުގައި ނެތް ކަމަށެވެ.

އަދި ޒަމާނީ ވަސީލަތްތަކާއި ތަމްރީން ވެފައިވާ މީހުންގެ އެހީ އެޓީމަށް ނުލިބިއްޖެނަމަ ގެއްލިގެންދާ ފުރާނަތައް އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޞާބިރް ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކަށް އަފްޣާނިސްތާނުގެ ރެސްކިޔު ޓީމް ތަކަށް އެހީ ވެދިނުމަށް ގޮވައިލައިފައެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ޢަދަދު 2053 އަކަށް އަރައިފައިވާ ކަމަށާއި، އެކި ވަރުގެ ޒަޚަމްތައް ލިބުނު މީހުންގެ ޢަދަދު 10،000 އަށް އަރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް