ކުޅިވަރު
10 Oct 2023 | 09:15
ސައުދީ އަރަބިއާ އިން ވޯލްޑްކަޕް ބޭއްވުމަށް ފީފާއަށް ލިޔުމުން ހުށަހަޅައިފި

2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ބޭއްމަށް، ސައުދީ އަރަބިޔާ އިން ފީފާއަށް ރަސްމީކޮށް ލިޔުމުން ހުށަހަޅައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސައުދީން ވަނީ ފީފާ ވޯލްޑް ކަޕް އެ ޤައުމުގައި ބޭއްވުމުގެ ޝައުޤުވެރިކަން މިދިޔަ ހަފްތާގައި ފާޅުކޮށްފަ އެވެ. އެއަށްފަހު ހޯމަ ދުވަހު އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެކަމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ރަސްމީކޮށް ފީފާ އަށް ހުށަހަޅައިފަ އެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސައުދީ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިޝާލް ވިދާޅުވީ، ހޯމަ ދުވަހު ރަސްމީކޮށް ހުށަހެޅުނު ހުށަހެޅުމާއެކު އެ ޤައުމުގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ޚާއްސަކޮށް ސައުދީގެ ބިޑަށް ގިނަ ޤައުމުތަކަކުން ތާއީދު ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ފުޓްބޯޅައިގެ ޒަރިއްޔާއިން މުޅި ދުނިޔެ އެއްބައިވަންތަކުރުމަށް މަގުފަހިވެގެންދާނެ އެންމެ ވާދަވެރި ބިޑެއް ހުށަހަޅަން އެ ޤައުމުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ސައުދީގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި މުބާރާތް ބޭއްވުމުގެ ޝައުޤުވެރިކަން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ޤައުމުން ހާމަކުރުމާއެކު، ފީފާގެ 70 އަށް ވުރެ ގިނަ މެމްބަރު ޤައުމުތަކުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

މީގެ އިތުރުން ސައުދީން އަންނަނީ އެ ޤައުމުގެ ފުޓްބޯޅަ ލީގު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ފީފާ ކުލަބު ވޯލްޑް ކަޕާއި، 2027 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޤައުމުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.