ފިހަޅޮހި އާއި ބޮލިފުށި ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
11 Oct 2023 | 08:24
ފިހަޅޮހި އަތުން ބޮލިފުށި މޮޅުވި ނަމަވެސް ގްރޫޕްގެ އެއްވަނަ ލިބުނީ އަނަންތަރާ އަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް ސީގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ފިހަޅޮހި އައިލެންޑް ރިސޯޓް އާއި އޮޒެން ރިޒާވް ބޮލިފުށި ވާދަކުރި މެޗު 6-2 ގެ ނަތީޖާއަކުން ބޮލިފުށި ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި އަނަންތަރާ އަތުން 6-1 ގެ ނަތީޖާއަކުން ފިހަޅޮހި ބަލިވެފައި ވާއިރު، ބޮލިފުށި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ އަނަންތަރާ އާއި ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. އަދި މިމެޗަށް ނުކުތްއިރު ހަ ލަނޑުގެ ތަފާތަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ބޮލިފުށިން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މިދެލަނޑު ވެސް އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ނިޔާޒު އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އިބްރާހިމް ސައީދު ހުރަސްކޮށްދިން ބޯޅައެއް ފިހަޅޮހި ޕެނަލްޓީ އޭރިއާ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ޖެހިގެންއައި މިނެޓުގައި ކާމިޔާބުކޮށްދިނީ ޒިދާން އަބްދުލް ގަނީ އެވެ. މިއީ އެޓީމުގެ މުހައްމަދު އާޒިމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބޮލިފުށި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބޮލިފުށިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ނިޔާޒު އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު އިބްރާހިމް ސައީދު ކާމިޔާބުކުރި އިރު ޖެހިގެން އައި މިނެޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާޒިމް އެވެ.

މިމެޗުގެ ބޮލިފުށިން ކާމިޔާބުކުރި ހަވަނަ ލަނޑު ދެވަނަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން އެވެ. އަދި މިނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފިހަޅޮހިން ވަނީ ދެލަނޑު ކާމިޔާބު ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. 

މިމެޗުގައި ފިހާޅޮހިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 40 ވަނަ މިނެޓުގައި އިބްރާހިމް ސޮލާހް ކާމިޔާބުކުރިއިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނިހާލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-2 ގެ ނަތީޖާއަކުން ބޮލިފުށި ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޮލިފުށީގެ ކެޕްޓަން އިބްރާހިމް ނިޔާޒު އެވެ.

މިމެޗުގެ ނަތީޖާއާއެކު ބޮލިފުށި އަދި އަނަންތަރާ އަށް ވެސް ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ އަނަންތަރާ އަށެވެ. އަދި އެޓީމަށް ވަނީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ފުރުސަތު ލިބިފައެވެ. މިއާއެކު މިގުރޫޕުން ކުއާޓާ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕްލޭއޮފްގައި ފިހަޅޮހި އާއި ބޮލިފުށި ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.