ޔޫރޯ 2028 އަދި 2032 ބާއްވާ އެއްގައުމު އިއުލާން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިިން
ކުޅިވަރު
11 Oct 2023 | 10:26
2028 ވަނަ އަހަރުގެ ޔޫރޯ، އަޔަލެންޑާއި އިނގިރޭސިވިލާތުގައި

"ޔުއެފާ ޔޫރޯ 2028" އިނގިރޭސިވިލާތާއި، އަޔަލޭންޑުގައި ބާއްވަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ނިންމައިފި އެވެ.

ޔުއެފާ އިން މިކަން ރަސްމީކޮށް އިޢުލާންކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ. ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން މިކަން ހާމަކުރެއްވީ ބިޑު ވަފުދުތަކާއެކު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗެފެރިން ވިދާޅުވީ، ބީލަން ހުށަހަޅާ ފަރާތްތަކަށާއި، ހޯސްޓް އެސޯސިއޭޝަންތަކަށް އޭނާ މަރުޙަބާ ދަންނަވާ ކަމަަށާއި، އެއެސޯސިއޭޝަންތަކުގެ އިޚްލާޞްތެރިކަމާއި، ބުރަ މަސައްކަތާއި، ޢަޒުމު ވަރަށް ފުރިހަމަ އަށް ބަލައިގަންނަ ކަމަށެވެ.

މިއީ ޔޫރޯ ފުޓުބޯޅަ މުބާރާތް އިގިރޭސިވިލާތުގައި ބާއްވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ ޤައުމުން ވަނީ 1996 ވަނަ އަހަރުގެ މުބާރާތުގެ އިތުރުން 2020 ވަނަ އަހަރުގެ މުބާރާތް ހޯސްޓު ކޮށްފަ އެވެ.

2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ސްޓޭޑިއަމްތަކަކީ، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް، ކާޑިފްގައި ހުންނަ ވޭލްސްގެ ޤައުމީ ސްޓޭޑިއަމް، ލަންޑަންގައި ހުންނަ ޓޮޓެންހަމްގެ ސްޓޭޑިއަމް، މެންޗެސްޓަރ ސްޓޭޑިއަމް، ލިވަޕޫލްގައި ހުންނަ އެވަޓަން ސްޓޭޑިއަމް، ނިއުކާސަލްގައި ހުންނަ އެސްޓީ ޖޭމްސް ޕާކް ސްޓޭޑިއަމް، ބާމިންހަމްގައި ހުންނަ ވިލާ ޕާކް ސްޓޭޑިއަމް، ގްލަސްގޯ ގައި ހުންނަ ހެމްޕްޑެން ޕާކް ސްޓޭޑިއަމް، ޑުބްލިންގައި ހުންނަ ޑުބްލިން އެރީނާ އަދި ބެލްފާސްޓްގައި ހުންނަ ކޭސްމެންޓް ޕާކް ހިމެނެ އެވެ.

މީގެ ތެރެއިން ބައެއް ސްޓޭޑިއަމްތަކަކީ މުބާރާތަށް ޚާއްސަކޮށްގެން އަލަށް ޤާއިމު ކުރާނެ ސްޓޭޑިއަމްތަކެކެވެ. އަދި ބައެއް ސްޓޭޑިއަމްތައް މިމުބާރާތަށް މަރާމާތު ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.