އައިއޭސީގެ ވޮލެެންޓިއަރުން އަފްޣާންގައި ބަތްޕާރިސަލް ބަހަނީ. ފޮޓޯ: އައިއޭސީ
ހަބަރު
11 Oct 2023 | 11:26
އައިއޭސީއިން އަފްޣާންގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ބަތްޕާރުސަލް ބަހައިފި

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން އަވައްޓެރި އަފްޣާނިސްޠާނަށް އައި ބިންހެލުމުގައި ޙާލުގައި ޖެހި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބަތްޕާރުސަލް ބަހައިފިއެވެ.

އައިއޭސީ އިން ބުނީ އަފްޣާނިސްތާންއަށް އައި ބިންހެލުމުގައި ސަލާމަތްވެ ޙާލުގައި ޖެހިފައިވާ ފަރާތްތަކުގެ އަދަދު އެތައް ހާހަކަށް އަރާކަމަށެވެ. ގެދޮރު ގެއްލުމުގެ ސަބަބުން އެމީހުން ނިދަނީ ހަލާކުވެފައިވާ ގެތަކުގެ ގާކުނޑިތައް މަތީގައި ކަމަށެވެ.

އަފްޣާނިސްޠާނަށް އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 3000 އަށް އަރާ ކަމަށްވެސް އައިއެސީ އިން ބުނެފައިވެއެވެ.

އައިއޭސީ އިން އަފްޣާންގައި އެހީބަހަނީ. ފޮޓޯ: އައިއޭސީ

6.3 ބާރު މިނުގައި އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފުރަތަމަ ދުވަހުން ފެށިގެން އައިއޭސީގެ އަފްޣާންނިސްތާން ޓީމުން ދަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އައިއޭސީ އިން ބުނެއެވެ.

މިވަގުތާ ހަމަޔަށް 2500 ބަތްޕާރުސަލް ބެހިފައިވާ ކަމަށާއި އެތަށް ހާސް ބަޔަކަށް މި އެހީ ބެހިފައިވާ ކަމަށް އައިއޭސީ އިން ބުނެފައިވެއެވެ.

އަދި އެމަރްޖެންސީ ހާލަތު ނިމުމުން އަލުން އަނބުރާ ދިރި އުޅުން އިޢާދަ ކުރުމަށް ގެދޮރު ބިނާކުރުން ފަދަކަންކަން ދާނެކަމަށް  ‎އައިއޭސީ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް