2028 އަދި 2032 ވަނަ އަހަރުގެ ޔޫރޯ ބާއްވާނެ ގައުމެއް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިިން
ކުޅިވަރު
11 Oct 2023 | 13:40
އިޓަލީ އާއި ތުރުކީ ގުޅިގެން، 2032 ވަނަ އަހަރުގެ ޔޫރޯ ބާއްވަނީ

2032 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަދި ތުރުކީގައި ބޭއްވުމަށް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ނިންމައިފި އެވެ.

ޔުއެފާ އިން މިގޮތަށް ނިންމީ އަންގާރަ ދުވަހު ނިއޯންގައި ކުރިއަށް ގެންދިޔަ 2028 އަދި 2032 ވަނަ އަހަރުގެ ޔޫރޯ ބާއްވާނެ ގައުމެއް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި 2028 ވަނަ އަހަރުގެ ޔޫރޯ އަޔަލެންޑާއި އިނގިރޭސިވިލާތުގައި ބޭއްވުމަށް ނިންމާފައިވާއިރު، މިއީ އިޓަލީން ޔޫރޯ ފުޓުބޯޅަ މުބާރާތް ހޯސްޓު ކުރާނެ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން 1968 އަދި 1980 ގައި އެ ޤައުމުގައި ޔޫރޯ މުބާރާތް ވަނީ ބާއްވައިފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ މުބާރާތް، ކޯވިޑުގެ ސަބަބުން 2021 އަށް ފަސްކުރިއިރު، އިޓަލީން ވަނީ ބައެއް މެޗުތައް ހޯސްޓު ކޮށްފަ އެވެ. އަނެއްކޮޅުން މިއީ ތުރުކީން ޔޫރޯ ފުޓުބޯޅަ މުބާރާތް ހޯސްޓު ކުރާނެ ފުރަތަމަ ފަހަރެވެ.

އިޓަލީ އަދި ތުރުކީ އެކުވެގެން ހުށަހެޅި ބިޑުގައި ވަނީ މުބާރާތް ބޭއްވުމަށް 20 ސްޓޭޑިއަމެއް ހިމަނައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ފައިނަލް ކުރާނީ 10 ސްޓޭޑިއަމް އެވެ. 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ސްޓޭޑިއަމްތައް ފައިނަލް ކުރާނީ ދެ ޤައުމަށް ހަމަހަމަ އުސޫލުން. ކޮންމެ ޤައުމަކަށް ފަސް ސްޓޭޑިއަމްގެ އުސޫލުންނެވެ.

ބިޑު ކާމިޔާބު ކުރުމަށްފަހު ދެ ޤައުމުން ވެސް ބުނެފައިވާ ގޮތުގައި، މިއީ ދެ ޤައުމު އެކުވެގެން ހާސިލްކުރެވުނު ވަރަށް މުހިންމު ކާމިޔާބެކެވެ. މިކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެން ދާނެ ކަމަށާއި، ޚާއްސަކޮށް ތުރުކީގައި ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އިޓަލީ އާއި ތުރުކީން ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެކުގައި މަސައްކަތްކޮށް، ފުރިހަމަ މުބާރާތެއް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.