ކަނޑޫމާ އާއި އެނބޫދޫ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
12 Oct 2023 | 08:55
ތަފާތުބޮޑު ނަތީޖާއަކުން އެނބޫދޫ ބަލިކޮށް، ކަނޑޫމާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް ބީގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި 15-4 ގެ ތަފާތުބޮޑު ނަތީޖާއަކުން އެނބޫދޫ ވިލެޖް ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހޮލިޑޭ އިން ކަނޑޫމާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ އިރު ކަނޑޫމާ އިން މިހާފުގައި 9 ލަނޑު ކާމިޔާބުކުރި އިރު އެނބޫދޫ އިން ވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިހާފުގައި ކަނޑޫމާގެ އަހުމަދު ޝިފާއު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި ހަދާފައެވެ. 

މީގެ އިތުރުން އެޓީމުގެ އިމްހާދު އަބްދުލް ގައްޔޫމް އާއި މުހައްމަދު މުސާފް އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކުރި އިރު މުހައްމަދު ޝާއިފް ރަޝީދު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ 9 ވަނަ ލަނޑަކީ އެނބޫދޫ ގެ އަބްދުﷲ ޒުހުރީގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިހާފުގައި އެނބޫދޫ އިން ކަމިޔާބުކުރި ފުރަތަމަ ލަނޑު މެޗު ފެށިގެން 7 ވަނަ މިނެޓުގައި އަބްދުﷲ ނާސިހް ކާމިޔާބުކުރި އިރު، އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޒުހުރީއެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 9-2 ގެ ނަތީޖާއަކުން ކަނޑޫމާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ކަނޑޫމާ އިން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު އެނބޫދޫ އިން މިހާފުގައި ވެސް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ. މިހާފުގައި ކަނޑޫމާގެ އަހުމަދު ޝަރީފް އާއި އިމްހާދު އަބްދުލް ގައްޔޫމް އަދި މުހައްމަދު ޝާއިފް ރަޝީދު މިއިން ކޮންމެ ކުޅުންތެރިއެއް ދެލަނޑު ކާމިޔާބުކޮށްފައެވެ. 

މިމެޗުގައި ކަނޑޫމާގެ އިމްހާދު އަބްދުލް ގައްޔޫމް ހަތަރު ލަނޑު ކަމިޔާބުކުރި އިރު، މުހައްމަދު ޝާއިފް ރަޝީދު ވެސް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. 

ދެވަނަ ހާފުގައި އެނބޫދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޒިދާން އާއި އަބްދުﷲ ޒުހުރީއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 15-4 ގެ ނަތީޖާއަކުން ކަނޑޫމާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކަނޑޫމާގެ މުހައްމަދު މުސާފް އިބްރާހިމްއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން 5 ޕޮއިންޓް ހަމަކޮށް ކަނޑޫމާ އިން ގްރޫޕް ސްޓޭޖްގެ މެޗްތައް ނިންމާލީ ގްރޫޕް ބީގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގްރޫޕްގެ ފުލުގައި އޮވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.