ރާއްޖެ ޓީމުގެ ކެޕްޓަން އަލީ ފާސިރު ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެނީ ފޮޓޯ: މިހާރު ސްޕޯޓްސް
ކުޅިވަރު
12 Oct 2023 | 20:12
ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި، ރާއްޖެއާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރު

ވޯލްޑްކަޕް ކޮލިފައިންގ ޕްލޭއޮފް ފުރަތަމަ ލެގުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ދެކޮޅަށް ދިވެހިރާއްޖޭ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިހާފުގައި ރާއްޖެ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން އަލީ ފާސިރު އަށެވެ.

ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ފާސިރު ފޮނުވާލި ހަމަލާ ކީއްޕަރު ދިފާއުކުރި އިރު އެބޯޅަ ބޭރަށް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައިޖެހިފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ރާއްޖެ ޓީމުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިފައެވެ. އަދި މިމެޗުގައި ރާއްޖެ ޓީމުން ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ހަސަން ނަޒީމް އެވެ.

މިއީ ރާއްޖެ ޓީމުގެ އިބްރާހިމް މަހުދީ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި ބަންގްލަދޭޝް ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ލިބުނު ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރާއްޖޭގެ ލަނޑަށްފަހު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލީޑު ފުޅާކުރުމަށް ދިވެހި ޓީމުގެ ކެޕްޓަން އަލީ ފާސިރުއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އިބްރާހިމް މަހުދީ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ފާސިރު ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ މާދުރުން ބޭރަށެވެ.

މިމެޗުގައި ބަންގްލަދޭޝް އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ސާދު އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިދެޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފްގެ ދެވަަނަ ލެގު ބަންގްލަދޭޝްގައި މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާނީ ރާއްޖެ ގަޑިން 16:30 ގައެވެ.

މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކާމިޔާބުކޮށްފައިވާއިރު، މިއީ މިއަހަރުގެ ޖޫން މަހު ބޭއްވުނު ސާފްޗެމްޕިއަންޝިޕަށް ފަހު ދިވެހި ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެމުބާރާތުގައި ދިވެހި ޓީމުން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އެފްއޭއެމް އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި ނަަމަވެސް މިމެޗަށް ތައްޔާރުވުމުގެ ގޮތުން ވެސް އެފްއޭއެމް އިން އެއްވެސް ކަމެއް ކޮއްފައި ނުވެއެވެ. ނަމަވެސް މިމެޗު ކުޅެމުންދިޔަ އިރު ގަލޮޅު ދަނޑުގައި އެފްއޭއެމްގެ ރައީސްއަށް ޝުކުރު އަދާކޮށް ބޭނާއެއް ދަމާފައި ހުއްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ