ފިހަޅޮހި އާއި ބޮލިފުށި ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
13 Oct 2023 | 06:17
ސައީދުގެ ހެޓްރިކާއެކު ފިހަޅޮހި ބަލިކޮށް، ބޮލިފުށި ކުއާޓާ ފައިނަލަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް ސީގެ ޕްލޭއޮފްގައި މިއަދު ހަވީރު 7-4 ގެ ނަތީޖާއަކުން ފިހަޅޮހި އައިލެންޑް ރިސޯޓް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އޮޒެން ރިޒާވް ބޮލިފުށިން ކަށަވަރުކޮށްފި އެވެ.

މިދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮލިފުށިން ނެވެ. އަދި މިމެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އާޒިމް އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން މެޗުގެ 7 ވަނަ މިނެޓުގައި ފިހަޅޮހިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ފިހަޅޮހި އާއި ބޮލިފުށި ވާދަކުރި މެޗުގެ ތެރެއިިން 

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އައުސަމް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮލިފުށިން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކެޕްޓަން އިބްރާހިމް ސައީދު ކާމިޔާބުކުރި އިރު އޭގެ ދެމިނެޓު ފަހުން އެޓީމުގެ ތިންވަނަ ކާމިޔާބުކޮށްދިނީ ޒިދާން އަބްދުލް ގަނީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބޮލިފުށި ކުރީގައި އޮވެގެންނެވެ.

ފިހަޅޮހި އާއި ބޮލިފުށި ވާދަކުރި މެޗުގެ ތެރެއިިން 

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ބޮލިފުށިން ނެވެ. އަދި މިހާފުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ސައީދު އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ޒިދާން އަބްދުލް ގަނީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ.

ފިހަޅޮހި އާއި ބޮލިފުށި ވާދަކުރި މެޗުގެ ތެރެއިިން 

ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފިހަޅޮހިން ވަނީ ގާތްގާތުގައި ތިން ލަނޑު ކާމިޔާބުކޮށް ބޮލިފުށި ޕްރެޝަރަށް ވައްޓާލާފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފަހުހާފުގެ 38 ވަނަ މިނެޓާއި 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ރަޒީން އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ލައިޒާން މައުސޫމް އެވެ.

ބޮލިފުށީގެ ކެޕްޓަން އިބްރާހިމް ސައީދު 

ނަމަވެސް ޖެހިގެން އައި މިނެޓުގައި ބޮލިފުށީގެ ކެޕްޓަން އިބްރާހިމް ސައީދު ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މެޗު ނިމުމުގެ ކުރިން އެޓީމުގެ 7 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 7-4 ގެ ނަތީޖާއަކުން ބޮލިފުށި ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޮލިފުށީގެ ކެޕްޓަން އިބްރާހިމް ސައީދު އެވެ.

ފިހަޅޮހި ޓީމުގެ ކޯޗު އަލީ މުހައްމަދު ޓީމަށް އިރުޝާދު ދެނީ 

މިމެޗުގައި ފިހަޅޮހި ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެޓީމުގެ ތަޖުރިބާކާރު ކޯޗު އަލީ މުހައްމަދު ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާއި ހިތްހަމަ ނުޖެހުން ފާޅު ކުރުމުން މެޗުގެ ދެވަަނަ ހާފުގައި، މެޗުގެ ރެފްރީ އޭނާއަށް ދެވަަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

އަލީ މުހައްމަދު އަކީ ފިހަޅޮހި ޓީމާއެކު ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ ފައިނަލުގައި ޖެހިޖެހިގެން ހަތަރު އަހަރު ކުޅެ 2013, 2014, 2015 އަހަރު އެޓީމަށް ޗެމްޕިއަންކަން ހޯދައި ދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އަދި އަލީ މުހައްމަދުގެ ކޯޗުކަމުގައި އެޓީމު ބަލިވީ 2016 ވަނަ އަހަރުގެ ފައިނަލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.