ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
13 Oct 2023 | 06:24
ސްކޮޓްލޭންޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ހޯދުމުގެ އަމިއްލަ ބާރު ސްޕެއިނުން ހޯދައިފި

ޔުއެފާ ޔޫރޯ 2024 ކޮލިފައިންގ ގްރޫޕް އޭގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ސްޕެއިނުން ކާމިޔާބުކޮށްފިއެވެ. އަދި މިއީ ޔޫރޯ ކޮލިފައިންގައި އެޓީމު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވި 25 ވަނަ މެޗެވެ.

މިއަހަރުގެ މާޗް މަހުގެ ފަހުކޮޅު ސްކޮޓްލޭންޑްގައި މިދެޓީމު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ސްޕެއިން ބަލިވެފައިވާއިރު، ގުރޫޕްގެ އެއްވަނަ ހޯދުމަށް މިމެޗުން މޮޅުވުން އެޓީމަށް އޮތީ މަޖުބޫރުވެފަ އެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގައި ސްޕެއިނުގެ ބާސާ ފޯވާޑް ފެރާން ޓޮރޭސް އަށް މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔައިރު، މިހާފުގައި ސްކޮޓްލޭންޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.

މުޅި ޓީމު ފަހަތަށް ފައިބައިގެން ޑިފެންސް ކުރަމުންދިޔައިރު މިހާފުގައި އެޓީމަށް ސްޕެއިންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ސްޕެއިނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު މިހާފުގައި ވެސް އެންމެ ފުރަތަަމަ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައީ ސްޕެއިނުގެ ފަރާތުންނެވެ.

އެޓީމުގެ އެތްލެޓިކޯ މެޑްރިޑް ފޯވާޑް އަލްވާރޯ މޮރާޓާ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ދެވަަނަ ހާފުގެ 60 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އެޓީމުގެ ކުޅުންތެރިއަކު ފައުލުކޮށްފައިވާތީ އެއީ ރަނގަޅު ލަނޑެއް ނޫންކަމަށެވެ.

މިމެޗުގައި ސްޕެއިނުން ކަމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މިއީ އެޓީމުގެ ޖީސަސް ނަވާސް  އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ސްޕެއިނުން ކަމިޔާބުކުރި ދެވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އޮއިހާން ސަންސެޓް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ސްޕެއިން މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްކޮޓްލޭންޑް އިތުރަށް އެއް މެޗު ކުޅެގެން ލިބުނު 15 ޕޮއިންޓާއެކު މިވަގުތު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅެވުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ހާލަންޑްގެ ދެލަނޑާއެކު 4-0 ގެ ނަތީޖާއަކުން ނޯވޭ އިން ވަނީ ސައިޕްރަސް ބަލިކޮށްފައެވެ. ކްރޮއޭޝިޔާ 1-0 ގެ ނަތީޖާއަކުން ތުރުކީ އަތުން ބަލިވިއިރު، ޕޮލެންޑް ވަނީ 2-0 ގެ ނަތީޖާއަކުން ފެރޯ އައިލެންޑް ބަލިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.