އަނަންތަރާ އާއި އިތާފުށި ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
15 Oct 2023 | 08:36
ޕެނަލްޓީގައި އިތާފުށި ބަލިކޮށް، އަނަންތަރާ ސެމީއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މިއަދުގެ ހަވީރު އަނަންތަރާ ދިގު މޯލްޑިވްސް އާއި އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން މޮޅު އަނަންތަރާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިތާފުށި ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ޑީގެ ޕްލޭއޮފްގައި 3-1 ގެ ނަތީޖާއަކުން ސައި ލެގޫން ބަލިކުރުމަށްފަހު އެވެ. އަދި އަނަންތަރާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަނަންތަރާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަހުމަދު ހުމައިދު އެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން އިތާފުށިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުﷲ ރަބާހް އެވެ. މިއީ އަނަންތަރާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އެޓީމުގެ އަބްދުﷲ ރިމާހް އަށް ވަނީ މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

އަނަންތަރާގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ރިމާހް ފޮނުވާލި ހަމަލާ އެޓީމުގެ ގޯލްކީޕަރު އިބްރާހިމް ހާމިދު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ދެވަަނަ ފަހަރަށް ވެސް ކުރިހޯދީ އަނަންތަރާ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން އަހުމަދު ހުމައިދު އެވެ.

މިއީ އިތާފުށީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ. މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން އަނަންތަރާ ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް، ދެވަަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިތާފުށިން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަބްދުﷲ ރަބާހް އެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ކުރިހޯދީ އަނަންތަރާ އެވެ.

އަނަންތަރާގެ އަހުމަދު ސުޖާއު އަލީ، އަބޫބަކުރު އިބްރާހިމް ، އަހުމަދު ހުމައިދު، ޝަހުދީ ޔޫސުފްގެ އިތުރުން އަބްދުﷲ ވިޝާލް ކުރިއަށް ފޮނުވާލި ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، އިތާފުށީގެ މޫސާ ހުމެއިދު، އަބްދުﷲ ރަބާހް، އިބްރާހިމް ރަފާހްގެ އިތުރުން އަބްދުﷲ ރިމާހު ކުރިއަށް ފޮނުވާލި ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި ނަމަވެސް އެޓީމުގެ އަހުމަދު ސާދިން ޖެހި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ. މިއާއެކު 7-6 ގެ ނަތީޖާއަކުން މޮޅުވެ އަނަންތަރާ އިން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އަނަންތަރާގެ ކެޕްޓަން އަހުމަދު ހުމައިދު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.