ޔޫސުންބެ ގެއްލުމާއި ގުޅިގެން ދަނގެތީ ރައްޔިތުން ބަނދަރަށް ޖަމާވެފައި--ފޮޓޯ/ މި ނޫސް
ހަބަރު
15 Oct 2023 | 09:43
ދަނގެތީ ޔޫސުންބެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ޑައިވަރުން ފަށައިފި!

އެކަނި މަހަށް ނިކުމެ އުޅުނިކޮށް އިއްޔެ ގެއްލުނު އދ.ދަނގެތީ، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް (ޔޫސުންބެ) ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ފަށައިފިއެވެ. 

ދަނގެތިން "ވޮއިސް" އަށް މައުލޫމާތު ދިން ފަރާތެއް ބުނެފައިވާ ގޮތުގައި ޔޫސުންބެ އިއްޔެ މަހަށް ނުކުމެ އުޅުނު ދޯނި ފެނިފައިވަނީ ވެލިނަގަން ގޮސްއުޅުނު ބަޔަކަށެވެ. އަދި އެމީހުންނަށް ދޯނި ފެނުނު އިރު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާ، އަދި ދޯންޏަށް އަރައި ބެލި ބެލުމުން އޭގައި ހުރިހާ އެއްޗެއް ހުރިކަމަށް ވެސް ބުންޏެވެ. 

މީގެ އިތުރުން ޔޫސުންބެ ގެއްލެން މެދުވެރިވި ވަކި ސަބަބެއް ނޭނގުނު ނަމަވެސް، އޭނާ އަކީ ދޯނި ދުއްވަން ހުއްޓައިވެސް، ނިދި ޖެހިގެން މޫދަށް ވެއްޓި، ނޫނީ ދޯނި ފަރަށް އެރުން ފަދަ ކަންކަން މީގެ ކުރިންވެސް ދިމާވެފައިވާ މީހެއް ކަން އެރަށު މީހުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބަކީ ނިދުން ކަމުގައި ވުންވެސް އެކަށީގެންވާ ކަމަށް އެރަށު މީހުން މައުލޫމާތު ދެއެވެ. 

އިއްޔެ ހެނދުނު ގާތްގަނޑަކަށް 11 ޖަހާކަން ހާއިރު، ޔޫސުންބެ ގެއްލިގެން ހޯދުމުގެ މަސައްކަތް އެރަށުގެ ރައްޔިތުންނާ ފުލުހުން ފަށާފައިވާއިރު، މިހާތަނަށްވެސް އޭނާ ފެނިފައެއް ނުވެއެވެ.

އެހެންކަމުން، މިއަދު ހެނދުނު 7:00 އިން ފެށިގެން އެމްއެންޑީއެފްގެ ޑައިވަރުންނާއި، ދަނގެތީގެ ޑައިވަރުންގެ އިތުރުން ފުލުހުންވެސް ފަށާފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެ ރަށުގެ ލޯންޗުތަކާއި ޑިންގީ ތަކުގައިވެސް ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށް މިއަދުވެސް ނުކުމެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރު ކަމަށާ، މިމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން ވައިގެ މަގުން ޔޫސުންބެ ހޯދުމުގެ މަސައްކަތް ޑޯނިއަރ އެއަރކްރާފްޓް މެދުވެރިކޮށް މިއަދު ހެނދުނު ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ، ދޯނިން މަހަށް ދިޔައިރު ޔޫސުންބެ ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށެވެ. އަދި އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، އެހިސާބުގެ ރަށްތަކުން ބެލުމަށް އެދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދިނުމަށް އެމްއެންޑީއެފްއިން އެދެއެވެ. ނުވަތަ ފެކްސް ކުރައްވާނަމަ 3391665 ނަންބަރަށް ފެކްސް ކުރެއްވުމަށް އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.