ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު-- ފޮޓޯ/ މިހާރު
ހަބަރު
16 Oct 2023 | 10:55
ވެރިކަން ނިމެން އެންމެ މަހެއް؛ ފެނަކަ އަށް ބަދަލު ތަކެއް!

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރާފައިވާ ކުންފުނި ކަމަށްވާ ފެނަކައިން، ވެރިކަން ބަދަލުވާން އެއްް މަސްދުވަހަށް ވެފައި ވަނިކޮށް ކުންފުނި ހިންގުމާއި ގުޅޭ ބޮޑެތި ބަދަލު ތަކެއް ގެންނަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތްދޭ 153 ރަށުގައި ހުރި ތެޔޮ ތާނގިތައް އައުކުރަން ބޭނުންވާ ސާމާނު ގެނައުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޑީސަލް ތާންގީ އައު ކުރުމަށް ނިންމާފައިވާ ބައެއް ރަށްތައް

އަދި އެކަން ކުރުމަށްޓަކައި، އެކަމާއި ގުޅޭ ހުއްދަތައް ހޯދަން ބޭނުންވާ ޑިޕާޓްމަންޓް ތަކުގެ ހެޑުން ޗުއްޓީ ނަގައި އެ ޑިޕާޓްމަންޓްތައް އެހެން ފަރާތްތަކާއި ވެސް ވަނީ މިހާރު ހަވާލުކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ 4 ޑިޕާޓުމެންޓެއްގެ ވެރިންވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ޗުއްޓީއެއް ނަގާފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަވަސް އަރުވާލައިގެން މި މަސައްކަތް ކުރުމަށް ޕްރެޝަރު ކުރައްވަމުން ދަނީ އެ ކުންފުނީގެ ސީއެސްއޯގެ މަޤާމަށް ޕްރޮމޯޓުކޮށްފައިވާ ޒާހިރު އުސްމާނާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސަޢީދެވެ. އަދި ޑީސަލް ޓޭންކުތައް އައުކުރުމަށް ބޭނުންވާ ސާމާނުތައް ގަންނަން މަސައްކަތްކުރަނީ އެމްޑީ ސައީދުއާ ގުޅުން އޮންނަ ކުންފުންޏެއް މެދުވެރިކޮށް އެތައް ގުނައެއް އަގުބޮޑުކޮށް ކަމަށްވެސް މައުލޫމާތު ލިބެއެވެ. 

މި ފަސް އަހަރު ތެރޭގައި ސަރުކާރު ކުންފުނިތަކުން އެންމެ ގިނަ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅިފައިވަނީ ފެނަކައިގެއެވެ. އަދި އެ ކުންފުނި ސަޕްލަޔަރުންނަށް ބިލިއަނުން ދަރާފައިވާއިރު، އެ ފައިސާ ނުލިބިގެން ދޭތެރެއިން އެ ފަރާތްތަކުން އަންނަނީ މުޒާހަރާ ވެސް ކޮށް އަޑު އުފުލަމުންނެވެ. އެތަނުން ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓު ވުމުގެ މަގުމަތީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ