Advertisement

ލާމުން އައްޑޫއަށް ހުދު ސަމާލު ނެރެފި

16 Oct 2023 | 10:52
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތީގައި ދަތުރުކުރަމުން ދިޔަ ދޯންޏެއް. ފޮޓޯ: ވީ ނިއުސް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލާމު އަތޮޅުން އައްޑޫ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:30ން ފެށިގެން މެންދުރު ފަހު 14:30 ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގައި ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާ ދުވަސްވަރު ރައްޔިތުން އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ފިޔަވަޅުތައް އެޅުމަށް އަބަދުވެސް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

Advertisement

ކޮމެންޓް