އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ހަބަރު
16 Oct 2023 | 12:55
އާރުޓީއެލް ފެރީއަށް ބީއެމްއެލް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

މި ސަރުކާރުން ތައާރަފްކޮށް އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ފެރީ އާއި އަތޮޅު ތެރޭގެ ބަހުގެ ޚިދުމަތަށް ބީއެމްއެލް ކާޑުން ފައިސާ ދެއްކޭ ގޮތަށް ހަަމަޖައްސައިފިއެވެ.

މި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މިއަދު މާފަންނު ވިލިމާލޭ ފެރީ ޓާމިނަލްގައި ބޭއްވި ރަސްމިޔާތެއްފގައި މި ޚިދުމަތް ތައާރަފްކޮށްދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އާރުޓީއެލް ބަހުން އަދި ފެރީން ދަތުރުކުރާ ގިނަ ރައްޔިތުން ވަރަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށެވެ.

އެގޮތުން ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުމާލޭގެ ފެރީތަކުގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފޮނަދޫ، ލ. އިސްދޫ/ކަލައިދޫ އަދި ފުވައްމުލަށް ސިޓީގެ ބަސްތަކަށް ވިސާ ނުވަތަ މާސްޓާ ކާޑް ބޭނުންކޮށްގެން ޓިކެޓަށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ. 

މީގެ ކުރިން އެ ކުންފުނިން ވަނީ މާލޭގައި ހިދުމަތްދޭ ހުރިހާ ބަހެއްގައި ބީއެމްއެލް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފައެވެ.

ވިސާ، މާސްޓާކާޑެއް އޮތްނަމަ ވިލިމާލެ ސަރަހަދަށް ދަތުރުކުރެވޭނެ، ގުޅިފަޅަށް ކުރެވޭނެ، ހަމަ އެގޮތަށް ތިލަފުއްޓަށް ވެސް ކުރެވޭނެ. އަދި ހަމަ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހަމަ ލ. ގައި ވެސް ކާޑު ޖައްސާލާފައި ދަތުރުކުރެވޭނެ

އާޒިމް 

ވިސާ ކާޑު އަދި މާސްޓާ ކާޑުގެ އިތުރުން އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ވެސް ފެރީ ޓިކެޓް ނެގޭނެ ކަމަށާއި އަދި އާރްޓީއެލް އެޕަށް އިތުރުކުރި އައު ފީޗާތަކާއެކު ފެރީ ޓިކެޓުގެ ތާރީހު ބަދަލުކޮށްލައި، ރީފަންޑް ހޯދަން ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އޭގެ އިތުރުން އެމްޓީސީސީން ބުނިގޮތުގައި ކިއުއާރް ކޯޑް ސްކޭން ކޮށްގެން ޓިކެޓް ބޭނުންކުރެވޭ ފީޗާއެއް ވެސް އާރްޓީއެލް އެޕަށް އިތުކޮށްފައިވާނެއެވެ. އަދި އެޕް އަޕްޑޭޓް ކޮށްލުމާއެކު ހުރިހާ ކަސްޓަމަރުންނަށް ވެސް އައު ފީޗާތައް ތަޖުރިބާކޮށްލެވޭނެއެވެ.

އާރުޓީއެލް ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކެވުމުން ހިލޭ ލިބޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކެވުމުންވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. އޭގެއިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނާއި ކޮލެޖް/ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކެވުމުން ހިލޭ ދަތުރު ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް