ދަނގެތިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ/އެމްއެންޑީއެފް
ހަބަރު
16 Oct 2023 | 15:21
ދަނގެތީ ޔޫސުފް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ހޯދުމުގެ މަސައްކަތް ކުރިއަށް!

އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު އދ.ދަނގެތީ، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް (ޔޫސުންބެ)، ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، އެމީހާ ހޯދުމުގެ މަސައްކަތުގައި އޮކްޓޯބަރު 15 ވަނަ ދުވަހު ޑައިވްކޮށްގެންނާއި، އޭރިއަލް ސަރޗް، އަދި ސަރފޭސް ސަރޗްތަކެއް ވެސް ކުރިއަށްގެންފޮސްފައިވާ ކަމަށެވެ. އަދި ޑައިވްކޮށްގެން 78،850 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، މި ޑައިވްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާއެކު އދ.ދަނގެތިން ވެސް ޑައިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން، ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓުގައި 156.87 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ވަނީ 4.11 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއަށް ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާއާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާއާއި، ނޯވާ މޯލްޑިވްސްއާއި، އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސްއާއި، އދ.ދަނގެތީގެ އާންމުންގެ ފަރާތުން އެހީތެރިކަން ލިބެމުންދާ ކަމަށެވެ. 

ދަނގެތިން "ވޮއިސް" އަށް މައުލޫމާތު ދިން ފަރާތެއް ބުނެފައިވާ ގޮތުގައި ޔޫސުންބެ ހޮނިހިރު ދުވަހު މަހަށް ނުކުމެ އުޅުނު ދޯނި ފެނިފައިވަނީ ވެލިނަގަން ގޮސްއުޅުނު ބަޔަކަށެވެ. އަދި އެމީހުންނަށް ދޯނި ފެނުނު އިރު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާ، އަދި ދޯންޏަށް އަރައި ބެލި ބެލުމުން އޭގައި ހުރިހާ އެއްޗެއް ހުރިކަމަށް ވެސް ބުންޏެވެ. 

މީގެ އިތުރުން ޔޫސުންބެ ގެއްލެން މެދުވެރިވި ވަކި ސަބަބެއް ނޭނގުނު ނަމަވެސް، އޭނާ އަކީ ދޯނި ދުއްވަން ހުއްޓައިވެސް، ނިދި ޖެހިގެން މޫދަށް ވެއްޓި، ނޫނީ ދޯނި ފަރަށް އެރުން ފަދަ ކަންކަން މީގެ ކުރިންވެސް ދިމާވެފައިވާ މީހެއް ކަން އެރަށު މީހުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބަކީ ނިދުން ކަމުގައި ވުންވެސް އެކަށީގެންވާ ކަމަށް އެރަށު މީހުން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.