އައިއޭސީން ދިވެހިންގެ އެހީ، ފަލަސްތީނަށް ފޯރު ކޮށްދެނީ-- ފޮޓޯ/ އައިއޭސީ
ހަބަރު
16 Oct 2023 | 17:44
އައިއޭސީ ގުދަނަށް ހަމަލާ ދިނުމުގެ ސަބަބުން ހަލާކުވީ މިއަދު ބަހަން ތައްޔާރު ކުރި ތަކެތި!

ފަލަސްޠީނުގައި ހުރި އިންޓަނޭޝަނަލް އެއިޑް ކެންޕެއިންގެ ގުދަނަކަށް ހައްދުފަހަނަޅައަޅާފައިވާ އިސްރާއީލްގެ ސިފައިން ދިން ހަމަލާގައި ހަލާކުވެފައިވަނީ މިއަދު ބެހުމަށް ތައްޔާރު ކޮށްފައިވާ ތަކެތި ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ. 

ފަލަސްތީނުގައި ހުރި އައިއޭސީގެ ގުދަން ތަކުގެ ތެރެއިން ގުދަނަކަށް ސީދާ އަމާޒުކޮށްގެން އިސްރާއީލްގެ ސިފައިން މިއަދު ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާގެ ސަބަބުން އެ ގުދަނުގައި ރައްކާ ކޮށްފައިހުރި އެހީގެ ތަކެތިތަކެއް ވަނީ ހަލާވެފައެވެ. 

އެގޮތުން އެ ހަމަލާގެ ސަބަބުން، އެހީގެ ގޮތުގައި ދިނުމަށް ތައްޔާރު ކޮށްފައިވާ 2000 ބްލޭންކެޓް/ރަޖާ އާއި، 1000 ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ކާނާ ޕެކާއި، 3000 އަންނައުނު ޕެކް އެއްކޮށް ހަލާކުވެފައިވާއިރު، އެ ތަކެއްޗަކީ މިއަދު ބެހުމަށްޓަކައި ތައްޔާރު ކޮށް ރޭގައި އެ ގުދަނަށް ލާފައިވާ ތަކެތި ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. 

އަދި އެ ތަކެއްޗަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން އދ ގެ ސުކޫލުތަކުގައި ތިބި މީހުންނަށް ބެހުމަށް ހަމަޖެހިފައިވާ ތަކެތި ކަމަށާ ހަމަލާތަކުގެ ސަބަބުން ތަކެތި ބެހުމުގެ ކަންކަން މިއަދު ނުފެށި އުޅެނިކޮށް ގުދަނަށް ހަމަލާ ދީފައިވާ ކަމަށް އައިއޭސީން ބުނެފައިވެއެވެ. 

އޭއައިސީން ބުނި ގޮތުގައި ހަމަލާގައި ދިވެހީންގެ އެހީގައި ފޮނުވި ހުރިހާ ތަކެތި ހަލާކުވީ ނޫން ކަމަށެވެ. ހަމަލާ ގައި ހަލާކުވީ އެ ވަގުތު އެ ވެއާ ހައުސްގައި ހުރި ތަކެއްޗެވެ. އެއީ ނިސްބަތުން މަދު އަދަދެއްގެ ތަކެއްޗަށް ވާއިރު މި ހަމަލާއާ އެކު ދިވެހީންގެ އެހީ ފަލަސްތީނަށް ފޯރުކޮށް ދިނުން ނުހުއްޓޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

މިއަދު ބެހުމަށް ހަމަޖެހުނު އެ ތަކެއްޗަށް ލިބުނު ގެއްލުމުގެ އިތުރުން، އެ ސަރަހައްދަށް ދިން ހަމަލާއެއްގައި އައިއޭސީގެ އޮފިޝަލުން ތަކެތި އުފުލުމަށް ބޭނުން ކުރަމުންދާ ކާރަށްވެސް ގެއްލުންވެފައިވާ ކަމަށާ، އަދި އެ ޖަމިއްޔާގެ ބައެއް އޮފިޝަލުންނަވެސް ކުދި ޒަޚަމްތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

ނަމަވެސް، މާތް الله ގެ ރަހުމަތުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވާ ފަދަ އަނިޔާއެއް ނުވާ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން އައިއޭސީން ބުނީ، ހަލާކުވެފައިވަނީ އެ ޖަމިއްޔާގެ ގުދަން ތަކުގެ ތެރެއިން އެއް ގުދަން ކަމަށާ، އަދި ދިވެހީންގެ އެހީގެ ދީފައިވާ ހުރިހާ ތަކެތި ހަލާކު ނުވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.