އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އިންޓަނެޓް
ހަބަރު
17 Oct 2023 | 13:05
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން އެދި އދ އަށް ހުށަހެޅި ގަރާރަށް ތާއީދެއް ނުލިބުނު!

ޒަޔަނިސްޓް ޔަހޫދީ އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހެމުންދާ ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން އދ އިން ދެކޮޅު ހަދައިފިއެވެ. 

ރޭ އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި އިސްރާއީލާއި ހަމާސްއާ ދެމެެދު ހިނގަމުންދާ ހަނގުރާމަ ވަގުތުން މެދުކަނޑާލާ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރަޝީއާއިން ވަނީ ހުށަހަޅާފައެވެ. 

ރަޝިޔާއިން ހުށަހެޅި އެ ގަރާރަށް ތާއިދު ކޮށް ޗައިނާ، ޔޫއޭއީ، ގަބޯން އާއި މޮޒަމްބިކިއު އިން ވޯޓު ދީފައިވާއިރު, ޣައްޒާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމާއި ދެކޮޅަށް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަޕާނުން ވަނީ ވޯޓު ދީފައެވެ. 

އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްއަކީ ވީޓޯ ކުރުމުގެ ބާރު އޮންނަ ތިން ގައުމު ކަމަށް ވުމާއެކު އެ ގައުމުތަކުން ފަލަސްތީނަށް އެހީ ފޯރުކޮށްދޭން ދެކޮޅު ހެދުމާއިއެކު އެ ގަރާރު ވަނީ ފާސްވާގޮތް ނުވެފައެވެ. 

ރަޝިޔާގެ ގަރާރާއި އެމެރިކާއިން ދެކޮޅު ހެދީ ހަމާސްގެ ހަމަލާތައް ކުށްވެރިކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.

ރަޝިއާއިން ފަލަސްތީނާއި އެއްކޮޅަށް ހުށަހެޅި މި ގަރާރު ފާސް ވެފައި ނުވާއިރު، ބްރެޒިލްއިން ފަލަސްތީނާއި ދެކޮޅަށް، ހަމާސްގެ މުޖާހިދުން ކުރަމުންދާ ޖިހާދު ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖީލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. ނަމަވެސް ރަޝީޔާއިން ވަނީ މި ގަރާރު ދެކޮޅުކަން ހާމަކޮށްފައެވެ. އަދި ރަޝިޔާ އަކީ ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމަކަށް ވާއިރު, އެ ގަރާރުގެ ވޯޓުގައި ރަޝީއާއިން ދެކޮޅު ހަދައިފި ނަމަ، އެ ގަރާރު ފާހެއް ނުވާނެއެވެ. 

ރަޝިޔާއިން މިހާރު ވަނީ އެ ގަރާރާއި އެ ގައުމުން ދެކޮޅު ކަމަށް ބުނެފައެވެ. ރަޝިޔާއިން ދެކޮޅު ހަދައިފިނަމަ ވީޓޯ ކުރުމުގެ ބާރު ލިބޭ ގައުމަަކަށް ވުމުން ގަރާރު ފާހެއް ނުވާނެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 3000 އެއްހާ މުސްލިމުން ޝަހީދު ވެފައިވާ އިރު އޭގެ ތެރެއިން 64 ޕަސެންޓް ޚިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުން ކަމަށް ފަލަސްޠީނުގެ ދައުލަތުގެ މީޑިއާއި އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.