ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު-- ފޮޓޯ/ މަޖިލިސް
ހަބަރު
18 Oct 2023 | 12:23
އާއްމުން ބިލް ނުދައްކައިގެން ފެނަކައިގެ ކޭޝް ފްލޯއަށް ކުރާ އަސަރު ބަލަން ޖެހޭ: ނިޔާޒު

އާއްމުން ފެނަކަ ކޯޕަރޭޝަނުގެ ބިލް ތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނީގެ ކޭޝް ފްލޯ ނުވަތަ އާމްދަނީ އަށް ކުރާ އަސަރު ބަލަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ. 

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ނިޔާޒު ވިދާޅުވީ ފެނަކައަށް އާއްދަނީ ލިބޭ އޮންނަނީ ދެ ގޮތެއް ކަމަށެވެ.

އެއް ގޮތަކީ ކަރަންޓް ބިލުން ލިބޭ އާމްދަނީ. އާއްމު ރައްޔިތުންނަށް ބިލު ކުރީމާ އެ ލިބޭ އެއްޗަކުން ލިބޭ އާމްދަނީ. ދެވަނަ އާމްދަނީ އަކީ ދައުލަތުން ދޭ ސަބްސިޑީ. އަޅުގަނޑުމެން ދިރާސާކޮށް ބަލަން އެބަޖެހޭ ހަގީގަތުގައި ފެނަކަ ކޯޕަރޭޝަނަށް ލިބޭ އާމްދަނީ އަކީ ކޮބައިތޯ. ކިހާ މިންވަރަކަށްތޯ ބިލް ކުރާ މީހުން ބިލް ދައްކަނީ. ބިލް ނުދެއްކުމުގެ ސަބަބުން ފެނަކައިގެ އާމްދަނީއަށް ނުވަތަ ކޭޝްފްލޯ އަށް އަސަރު ކުރަނީ މިންވަރަކަށްތޯ ބަލަންޖެހޭ. އަޅުގަނޑަށް ހަމަ ޔަގީން ދައުލަތުންދޭ ސަބްސިޑީ ގަވައިދުން ދޭނެ. އެހެން ކަމަށްވާނަމަ ކުދި ސަޕްލަޔަރުންނަށް ފައިސާ ނުދެވި މިވަނީ ކީއްވެގެންތޯ އަޅުގަނޑުމެން އެބަ ޖެހޭ ދިރާސާ ކުރަން. 

އަލީ ނިޔާޒު 

މިއާއެކު ނިޔާޒް ވިދާޅުވީ، ފެނަކައިގެ ކޭޝް ފްލޯއަށް ބުރަ ބޮޑުވި އެތައް ކަމެއް ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ތައާރަފުކުރި މިނިމަމް ވޭޖެވެ.

"މިނިމަމް ވޭޖް ތައާރަފްކުރުމުގެ ކުރީގައި ފެނަކައިގެ ޕޭ ރޯލަށް ހަަރަދުވަނީ ފެނަކައިން މައުލޫމާތު ދިން ގޮތުގައި ގާތްގަނޑަކަށް 35 މިލިޔަން ރުފިޔާ. އެހެން ނަމަވެސް މިނިމަމް ވޭޖް ތައާރަފްވެ އޭގެ އަސަރުކޮށްގެން، މިހާރު ފެނަކައިގެ ޕޭރޯލަށް ގާތްގަނޑަކަށް 50 މިލިޔަން ވަރު ހަރަދުވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ. މީގެ ސަބަބުން ހަމަޔަގީނުންވެސް ކޭޝް ފްލޯއަށް އަސަރު ކުރާނެ

އަލީ ނިޔާޒު 

މިއާއެކު ނިޔާޒު ވިދާޅުވީ، އެކަންކަން ފޫބެއްދުމަށް ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ދިނުން މެދުކަނޑާލީކަމަށެވެ. 

ހަމައެހެންމެ، ރާއްޖޭގައި އާއްމުކޮށް ފެން ބިލާއި ކަރަންޓު ބިލު ހިމެނޭ ގޮތުން ސަރުކާރުން ކުރާ ބިލުތަކަށް ގަވާއިދުން ފައިސާ ދައްކަނީ ގާތްގަނޑަކަށް 60 ޕަސެންޓް ކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ، ފެނަކައަށް ވެސް ލިބޭނީ ބިލުކުރާ އަދަދުގެ 60 ޕަސެންޓް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ކޮމެންޓް
ޥާލުރޮދި
އާއްމުން އަބަދުވެސް ފެންބިލާއި ކަރަންބިލް ދައްކާ ނުދައްކައިފިނަމަ ކަރަންޓާ ފެން ކަޑާލާ އަދި ޕްރޮޖެކްތައް ހިންގަންޖެހޭނީ އެކަމަށް ބަޖެޓް ކަޑައަޅާފަ އެލާރި ހަމަޖައްސާފަ.
18 Oct 2023
ގުޅޭ ލިޔުންތައް
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.