ފަލަސްޠީނުގެ ސުންފަތިވެފައިވާ އިމާރާތަކުގެ ކައިރީގައި އެ ގައުމުގެ ރައްޔިތުން ތަކެއް-- ފޮޓޯ/ގުދުސް ނެޓްވޯކް
ހަބަރު
18 Oct 2023 | 17:05
ފަލަސްތީން ރައްޔިތުންގެ ރައްކާތެރިކަމަށް އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި!

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ދެއްވުން އެދި މާތް الله ގެ ހަޟުރަތުގައި ދެންނެވުމަށް ކޮންމެ ނަމާދެއްގައިވެސް ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އަތުން ބިން ފޭރިގަނެގެން އެގައުމުގައި ދިރިއުޅެމުންދާ އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ގުނޫތު ކިޔަން އެންގީ މިދިޔަ ބުދަ ދުވަހު އެވެ. އޭރު ގުނޫތު ކިޔަން އަންގާފައި އޮތީ ބާރަށް ކިޔަވާ ނަމާދުތަކުގައި އެކަންޏެވެ.

ނަމަވެސް މިފަހުން އިސްރާއީލުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ފައިވާއިރު، އިސްލާމިކް މިނިސްޓްރީން މިއަދު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދިނުމަށް އެދި މިސްކިތްތަކުގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ކިޔަން ހުރިހާ މިސްކިތެއްގެ އިމާމުންނަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައިވެ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އިޒްރޭލަށް މި މަހުގެ ހަތްވަނަ ދުވަހު ދިން ކުއްލި ހަމަލާތަކަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ.

އެއާއެކު އިސްރާއީލުން އަންނަނީ ކެނޑިނޭޅި ފަލަސްތީނަށް ބޮނޑ އަޅަމުންނެވެ. މި ހަމަލާތަކުގައި 3,300 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 60 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ ކުޑަ ކުދިންނާއި އަންހެނުންނެވެ. 

ރޭވެސް އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ މައުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ހަމަލާގައިވެސް ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.