ނޭމާ އުރުގުއޭ އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
19 Oct 2023 | 16:46
ގައުމީ ޓީމަށް ކުޅެނިކޮށް ނޭމާއަށް އަނިޔާވެ، އަލް ހިލާލަށް ބޮޑު ގެއްލުމެއް

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލްގެ ފޯވާޑް ނޭމާ ޖޫނިއާގެ ކަކުލަށް އަނިޔާވެ ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހިއްޖެއެވެ.

އުމުރުން 31 އަހަރުގެ ފޯވާޑަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވި މެޗުގަ އެވެ. އެމެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނޭމާއަށް އަނިޔާވީ އުރުގުއޭގެ ކުޅުންތެރިއަކު ކުރި ފައުލެއްގެ ސަބަބުން އޭނާ ވެއްޓުނު ވަގުތު ފައިއެޅުނު ގޮތަކުން ކަމަށް ބެލެވެ އެވެ. މިއާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭމާ ވަނީ ބަދަލުކޮށްފަ އެވެ.

މެޗަށް ފަހު ހެދި ސްކޭންތައް ދައްކާގޮތުން އޭނާގެ ވައަތު ފައިގެ ކަކުލުގެ އޭސީއެލްގެ އިތުރުން މެނިސްކަސް އަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އަދި އޭނާ އަށް ލިބިފައިވާ އަނިޔާ ސީރިއަސްކަމަށް ފެންނާތީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް ކުޅުންތެރިޔާ އަންނަނީ ތައްޔާރު ވަމުންނެވެ.

ނޭމާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވާނެ ކަމަށް ބެލެވެނީ ދާދި ފަހުން އޭނާ ގުޅުނު ސައުދީގެ ކުލަބު އަލް ހިލާލް އަށެވެ. ސައުދީ ލީގަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެކުލަބާއި ގުޅުނު އިރު ވެސް ހުރީ އަނިޔާގައެވެ.

މިސީޒަނުގައި މިހާތަނަށް ނޭމާ، އަލް ހިލާލްގެ ޖާޒީގައި ފަސް މެޗު ކުޅެފައިވާއިރު ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އަދި މިއަނިޔާ އާއެކު މިސީޒަނުގެ ބާކީ ބައިގައި ނޭމާ ދަނޑުމަތިން ފެނިދާނެ ކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން ޖޫން މަހު އެމެރިކާގައި ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް ނޭމާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ނަމަވެސް މުބާރާތަށް ގިނަ ދުވަސްތަކެއް އޮތުމުން ސާޖަރީއަށް ފަހު ނޭމާ ފިޓުވެވެދާނެ ކަމަށް ބެލެވެ އެވެ.

ބާސެލޯނާ އާއި ޕީއެސްޖީގެ ކުރީގެ ފޯވާޑް ނޭމާ އަކީ އަނިޔާގެ މައްސަލަ ބޮޑު ކުޅުންތެރިއެކެވެ. އޭނާ ކުރިން ކުޅުނު ދެ ކުލަބުގައިވެސް އަނިޔާގެ މައްސަލަތަކުގެ ސަބަބުން ސީޒަންގެ ގިނަ މެޗުތަކެއް ގެއްލިފައި ވެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 222 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ޕީއެސްޖީ ބަދަލުވުމަށް ފަހުން އެ ކުލަބުގައި ހޭދަކުރި ހަ ސީޒަނުގައި އަނިޔާގެ ސަބަބުން ނޭމާއަށް 100 އަށް ވުރެ ގިނަ މެޗު ގެއްލިފައިވެއެވެ.

މި ފަހަރު ނޭމާ އަށް މި ލިބުނު އަނިޔާ އަކީ އޭނާގެ ކަކުލަށް ލިބުނު އެންމެ ސީރިއަސް އަނިޔާ އެވެ. މީގެ ކުރިން އޭނާގެ ފައިގެ ކުޑަ ހުޅަށް ގިނަ އަނިޔާތަކެއް ލިބިފައިވާއިރު، ފައިތިލައިގެ ކަށިގަނޑުވެސް ދެ ފަހަރެއްގެ މަތިން ބިންދައިގެން ދިޔަ އެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން މުބާރާތުގެ ސެމީފައިނަލްގައި ނުކުޅެވުނު އިރު، އެޗުން ބްރެޒިލް ވަނީ 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޖަރުމަނު އަތުން ބަލިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.