އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ--ފޮޓޯ/އިންޓަރނެޓް
ހަބަރު
20 Oct 2023 | 10:11
އިސްރާއީލަށް ރާއްޖޭގެ އަޑު އިވިއްޖެ؛ އިސްރާއީލު މީހުން ރާއްޖެއާމެދު ސަމާލު ވުމަށް އެޑްވައިޒަރީ ނެރެފި!

ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ދިވެހިރާއްޖެއިން އިސްރާއިލާ ދެކޮޅަށް ނުކުމެފައިވާކަން އެނގި، ދިވެހި ރާއްޖެ އައުމުގައި އިސްރާއިލް ޕާސްޕޯޓް ހުރި މީހުން ސަމާލުވުމަށް އެޑްވައިޒަރީ ނެރެފިއެވެ. 

ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެ، އިސްރާއީލްގެ ނަމުގައި ވަކި ދައުލަތެއް ހަދައިގެން އުޅޭ އިސްރާއިލާއި ދެކޮޅަށް ދިވެހީން މީގެ ކުރިންވެސް ވަނީ އަޑު އުފުލައި ފަލަސްތީނާއި އެކުވާކަން ދައްކާލާފައެވެ.

އަދި މިފަހުން، މިމަހު 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން އިސްރާއިލަށް ދިން ކުއްލި ހަމަލާއާއެކު، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ހިންގަމުންގެންދާ ޖަރީމާތަކާއި ދެކޮޅަށްވެސް ދިވެހީން ދަނީ ކެނޑި ނޭޅި އަޑު އުފުލަމުންނެވެ. 

އެގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިހެން، ފަލަސްތީނާއި އެކު ދިވެހީން ވާކަން އަންގައި، އިސްރާއީލާއި ދެކޮޅަށް ބޮޑެތި ހިނގާލުންތަކާއި ހަރަކާތްތައް ބާއްވާފައި ވާއިރު، މިހާރު ދިވެހިން ގޮވާލަމުންދާނީ އިސްރާއީލް ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށެވެ. މުޅި މީސްމީޑިއާގައި ދިވެހީން މި ޝުޢޫރު ފާޅުކޮށް، ރާއްޖޭގައި ތިބި އިސްރޭލުގެ ފަތުރުވެރިން މި ގައުމުން ބާލައި، ހަނގުރާމައިން ސަލާމަތް ވުމަށް އެމީހުން އަންނަ ތަނަކަށް ރާއްޖެ ނުހެދުމަށް ހުއްޓުމެއް ނެތި ދިވެހިން އަންނަނީ ގޮވަމުންނެވެ. 

ދިވެހިންގެ މި އަޑު ދިވެހި ސަރުކާރަށް އަދި އިވިފައި ނުވާ ނަމަވެސް، އިސްރޭލުގެ ޔަހޫދީ ސަރުކާރަށް ވަނީ އިވިފައެވެ. 

އެގޮތުން، އެކަމާއި ގުޅިގެން، އިސްރޭލުގެ ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރެފައިފައިވާ އެޑްވައިޒަރީ އެއްގައި ވަނީ، ރާއްޖޭގެ މާހައުލު މިހާރު އޮތީ އިސްރާއީލާ ވަރަށް ބޮޑަށް ދެކޮޅަށް ކަމަށް ބުނެފައެވެ. އެހެންކަމުން، އެ މިނިސްޓްރީން ވަނީ އިސްރާއީލްގެ މީހުން ރާއްޖެއާމެދު ސަމާލުވެ، ރާއްޖެ ނައުމަށް އެ މީހުންގެ މީހުންނަށް އަންގާފައެވެ. 

"ދިވެހިރާއްޖޭގައި، އިސްރާއީލާމެދު އޮތް ދެކޮޅުވެރިކަމުގެ އޮއިވަރު މިހާރު އަންނަނީ ވަރަށް ބޮޑަށް ބާރުވަމުން. އެހެންކަމުން، މިވަގުތުގައި، އިސްރާއީލްގެ ރައްޔިތުން ދިވެހުރާއްޖެއަށް ދަތުރު ނުކުރުމަށް އެދެން" އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އެޑްވައިޒަރީގައި އެދިފައިވެއެވެ. 

މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ނުރައްކާތެރި ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 3800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 14,000 އަށްވުރެ ގިނަ މީހުން ޒަޚަމް ވެފައިވާއިރު، ޝަހީދުވި ގިނަ މީހުންގެ ތެރޭގައި 1500 އަށް ވުރެ ގިނަ ކުޑަކުދީން ހިމެނެއެވެ.

ކޮމެންޓް
އަބޫ އަހުމަދު
ޓުވަރިޒަމްގަ ނުފޫޒުން ސަރުކާރުން ކަމެއްކުރުން ނުކެރުނަސް އެކަން އެޔައްވުރެމޮޅައް ރާއްވައި ހިންގަވާ ފަރާތެއްވާ..
20 Oct 2023
ޙުސައިން
މިތަނައް އަރައިގެން ވެސް ނުވާނެ ތި ޔަހޫދީ ބައި ގަނޑު
20 Oct 2023
ނަސީ
ދިވެހިން މިތަންތަން ބޯއިކޮޓް ކުރަންވީ ކުދިން ގޮވައިގެން ނުދާންވީ އޭރުން ބަންދުކޮއްފާނެ
21 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.