ފަލަސްޠީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުން ތަކެއް-- ފޮޓޯ/ އިންޓަރނެޓް
ހަބަރު
20 Oct 2023 | 14:25
"މިއަދު މި ފެންނަނީ އިންސާނީ ހައްގުތައް އެހެން މީހުންނަށް ކިޔައިދޭން އުޅޭ ބޮޑެތި ގައުމުތަކުގެ އަސްލު ސޫރަ"

ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލު ޢާއްމަށް ހިތްވަރުދީ، ދުނިޔޭގެ ބޮޑެތި ބާރު ތައް ކަމަށް ވަކާލާތުކުރަމުންދާ ގައުމުތަކުން އިޒްރާއީލަށް ތާއީދު ކުރާ ކަން ހާމަކުރަމުންދިޔުމާއި ގުޅިގެން އެފަރާތްތަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. 

ފަލަސްޠީނުގެ ހާލަތާއި ގުޅިގެން ހާމަވަމުންދާ ހުޅަނގުގެ މުނާފިގު ކަމާއި ގުޅުވައި ޝިޔާމް ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުވެސް މުޅިދުނިޔެއަށް ފެނިގެން ދަނީ އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭންއުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެޤައުމުތަކުގެ ނުފޫޒު ހިނގާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުގެ އަސްލުސޫރަ ކަމަށެވެ. 

އަދި ހަމައެހެންމެ، އެބައިމީހުންގެ ނުފޫޒުން މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތަކުގެ މައިބަދަ ގުޑާފައިތިބި މިންވަރުވެސް މިއަދު ފެނިހާމަވަމުންދާ ކަމަށާ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށްބުނެ އުފައްދާފައިހުރި ބަައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތައް މިއަދު ތިބީ އަނގަމަތީ ޓޭޕްއަޅާ އަތްތައްބަނދެގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބައެއް ބޮޑެތި ބައިނަލް އަޤުވާމީ ނޫސް އެޖެންސީތަކުގެ ނޫސްވެެރިންގެ ގަލަންތަކުން ޙަޤީގަތް ހާމަކުރާ ލިޔުންތަކަށް ދެލިނުހިނގައެވެ." ޝިޔާމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް--ފޮޓޯ/ވޮއިސް 

ޝިޔާމް އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ ލޭއޮހޮރުވުން ދުނިޔޭގެ ހުރިހާބިތެއްގެ ހުރިހާ ރައްޔިތުންނަށްވެސް ފެންނަމުންދަ ކަމަށެވެ. އަދި ފަލަސްޠީނުގައި ހިނގަމުންދާ ކަންކަމުގެ ވާނުވާވެސް އެންމެނަށް އެނގޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެތައްހާސް ފުރާނައެއް ރަހުމެއްނެތި ޝަހީދުވާކުރާ މަންޒަރުތައް އެބަފެނެއެވެ. اللهގެ މަދަދާ ރައްކާތެރިކަމަށް އެދި ކުރާ ދުޢާތަކާ އެހީތެރިކަމަށް އެދި ކުރާ އާދޭހާ ރުއިމުގެ އަޑުތައް އަބަދުމެ އެބައިވެއެވެ."

މެންބަރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ ފަލަސްތީނުގެ މުސްލިމުން ނިކަމެތި ހާލުގައި އުޅެމުންދާ މަންޒަރުތައް ނުފެންނަނީ އަދި އެ ރައްޔިތުންގެ ރުއިމާއި އާދޭހުގެ އަޑުތައް ނީވެނީ ދުނިޔެ ހިންގަން މަޖުބޫރުކޮށްފައި އޮތް ބައިނަލް އަޤުވާމީ ނިޒާމުގެ ބޮޑުންނަށް ކަމަށެވެ.

"އެމީހުންނަކަށް ފަލަސްތީނުގެ ޖައްވުގެ ކަޅުދުންދުންތަކެއް ނުފެނެއެވެ. ކުޑަކުއްޖެއް އަންހެނެއް ނުބަލާ ރަޙުމެއް ހަމްދަރުދީއެއްނެތި އެތައްސަތޭކަ އާއިލާއެއް ޝަހީދުކުރާތަނެއް އެމީހުންނަކަށް ނުފެނެއެވެ. ހޮސްޕިޓަލެއް މަދުރަސާއެއް ރެފިއުޖީ ކޭންޕެއް ނުބަލާ ބޮންއަޅާ އިމާރާތްތައް ބިމާހަމަކުރާތަނެއް އެމީހުންނަކަށް ނުފެނެއެވެ. ފެނެއް ކަރަންޓެއް ކާއެއްޗެއް ނެތްތާނގައި މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލް އަޤުވާމީ މުއާހަދާތައް ބުނާ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤުވެސްނެތްތަން އެމީހުންނަކަށް ނުފެނެއެވެ."

މެންބަރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންގެ އުޅެމުންދާ ހާލަތު ފެނި ހަޤީގަތުގައިވެސް ހިތްކުދިކުދި ވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ނިިކަމެތި މައުސޫމް އާއިލާ ތަކުގެ ކުށަކީ ކޮބައިތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

"ކޮންފަދަ ރަހުމުކުޑަ އަނިޔާވެރި ނާއިންސާފުވެރި  ނިޒާމެއްތޯ!!يا الله ފަލަސްތީނުގެ މުސްލިމުންނަށް ސާބިތުކަންދެއްވާ ފަލަސްތީނުގެ ބިމާ ރައްޔިތުން ޔަހޫދީންގެ ކިބައިން ރައްކާތެރިކުރައްވާށި. آمين" ޝިޔާމް ދުޢާކުރައްވާފައިއެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 3،785 މީހަކު ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި 1،524 ކުޑަކުދިން ހިމެނޭއިރު، 1،000 އަންހެނުންނާއި 11 ނޫސްވެރިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.