އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހިޔާ ސަރަހައްދު ރައްޔިތުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ/ވޮއިސް
ހަބަރު
20 Oct 2023 | 21:07
ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްދޭނަން: އިންތިޚާބީ ރައީސް

އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ލިބިލެއްވި ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް، ޑރ. މުޢިއްޒު ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން އެ ސަރަހައްދަށް ވަޑައިގެންފައެވެ. އޭރު ވެހެމުން ދިޔަ ވާރޭގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެ ސަރަހައްދަށް ޖަމާވެފައެވެ. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހިޔާ ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް

އެގޮތުން އެއްވެ ތިބި މީހުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ފަށް ފަށުން ޝުކުރު ދަންނަވާ ކަމަށެވެ. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހިޔާ ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް

އަދި ކެންޕެއިންގެ ތެރެއިން އެމަނިކުފާނު ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާއި އެއްގޮތަށް ހިޔާ ސަރަހައްދުގައި ކަންކަން އިންތިޒާމުކޮށްދެއްވާނެކަމުގެ ޔަގީންކަން މުޢިއްޒު ވަނީ ދެއްވާކަަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ބަޖެޓު ހެދުމުގެ މަރުހަލާގައި ތެރެއިން ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހިމަނާފައިވާނެކަމަށާ، ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިޔާ ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް

އަދި އެތަނުން އެއް ލިފްޓަކީ ސްޓްރެޗާރ އެރުވޭނެވަރުގެ ބޮޑު ލިފްޓެއްކަމަށްވާއިރު، އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް މުޢިއްޒު ފާހަގަކުރެއްވި އެވެ.

ކޮންމެ ޓަވަރަކަށް ދެ ލިފްޓް އަންނާނެ. އެއް ލިފްޓަކީ ސްޓރޭޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް. އެހެންވީމަ، ކޮންމެ ޓަވަރަކަށް އިރާދަކުރެއްވިއްޔާ ދެ ލިފްޓު އަންނާނެ. ޔަގީންކަން ދެނީ އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒުކޮށްދޭނަމޭ." 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މިއާއެކު މުޢިއްޒު ވަނީ ބޯކޮށް ވާރޭވެހެމުންދާތީ ވާހަކަފުޅު ކުރިކޮށްލައްވާފައެވެ.

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިޔާ ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް

އެއަށްފަހު އެމަނިކުފާނުވަނީ ބޯ ވާރޭ ތެރޭގައިވެސް އެމަނިކުފާނާއި ބައްދަލުކުރައްވަން އެއްވެ ތިބި މީހުންނާ ސަލާމް ކުރައްވައި ފޮޓޯ ނަންގަވާފައިވެއެވެ. މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ލލއަލީ
ކޮން ދުވަހަކުންތޯ ފިނިށިން ލާރި ލިބޭނީ
20 Oct 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.