މެމްބަރު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
21 Oct 2023 | 11:14
ފަލަސްތީނު މައްސަލައިގައި ބޭރުގެ ބޮޑެތި ޖަމާއަތްތަކުގެ އަސްލު ސޫރަ ފެނޭ: ޝިޔާމް

ފަލަސްތީނުގެ މައްސަލައާއި ޖެހުމުން އިންސާނީ ހައްގުގެ ނަމުގައި މަސައްކަތްކުރާ ބޭރުގެ ބޮޑެތި ޖަމިއްޔާތަކުގެ އަސްލު ސޫރަ ފެންނަމުންދާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައި ވަނީ ފަލަސްތީނު މުސްލިމުންގެ ހައްގުގައި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ބަސް ބުނަމުން ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ.

ޝިޔާމް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭން އުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެޤައުމުތަކުގެ ނުފޫޒުހިނގާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުގެ އަސްލު ސޫރަ މިއަދު ފެންނަމުންދާ ކަމަށެވެ.

އަދި އެ މީހުންގެ ނުފޫޒުން މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތައްވެސް "މައިބަދަ" ގުޑާފައި ތިބި ކަމަށާއި ފަލަސްތީނަށް އެހީ ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކަމަށް ބުނެ އުފައްދާފައި ހުރި ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތައް މިއަދު ތިބީ އަނގަމަތީ ޓޭޕުދަމާ އަތް ބަނދެގެން ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތް ހާމަކުރަންވީމާ ބައެއް ބޮޑެތި ބައިނަލް އަގުވާމީ ނޫސް އޭޖެންސީތަކުގެ ނޫސްވެރިންގެ ގަލަންތަކުގެ ދެލި ނުހިނގާކަމަށެވެ.

ފަލަސްތީނު މުސްލިމުންގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ ލޭއޮހޮރުވުން ދުނިޔޭގެ ހުރިހާ ބިތެއްގެ ހުރިހާ ރައްޔިތުންނަށް ފެންނަމުންދާ ކަމަށާއި ވާނުވާވެސް އެނގޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް ބައިނަލްއަގުވާމީ ބޮޑުންނަށް އެ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން ތިބިކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ފަލަސްތީނުގައި އެތައްހާސް ފުރާނައެއް ރަހުމެއްނެތި ޝަހީދުވާކުރާ މަންޒަރު ފެނިގެންދާއިރު، މި މަންޒަރުތައް ދުނިޔެ ހިންގަން މަޖުބޫރުކޮށްފައި މިއޮތް ބައިނަލް އަޤުވާމީ ނިޒާމުގެ ބޮޑުންނަށް ނުފެންނަ ކަމަށެވެ. އެމީހުންނަށް ފަލަސްތީނުގެ ޖައްވުން އަރާ ކަޅު ދުންތައް ނުފެންނަ ކަމަށާއި، ކުޑަކުއްޖެއް އަންހެނެއް ނުބަލާ ރަޙުމެއް ހަމްދަރުދީއެއްނެތި އެތައްސަތޭކަ އާއިލާއެއް ޝަހީދުކުރަމުންދާތަން ވެސް ނުފެންނަކަން ޝިޔާމު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ހޮސްޕިޓަލެއް މަދުރަސާއެއް ރެފިއުޖީ ކޭންޕެއް ނުބަލާ ބޮންއަޅާ އިމާރާތްތައް ވެސް ބިމާ ހަމަކުރަމުންދާތަން ނުފެންނަކަމަށް ޝިޔާމުގެ އެޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. އެއާއެކު އޭނާ ވިދާޅުވީ ފެނާއި ކަރަންޓާއި ކާއެއްޗެއް ނެތް ތާނގައި މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލް އަޤުވާމީ މުއާހަދާތައް ބުނާ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤުވެސް ނެތް އިރު ބައިނަލްއަގުވާމީ ޖަމުއިއްޔާތަކަށް އެ ތަންތަން ނުފެންނަކަމަށް ޝިޔާމު ވިދާޅުވި އެވެ.

އެއީ އަނިޔާވެރި އިންސާފުގެ ނިޒާމެއް ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ފަލަސްތީނުގެ މުސްލިމުންނަށް ސާބިތުކަން ދެއްވައި ފަލަސްތީނުގެ ބިމާ ރައްޔިތުން ޔަހޫދީންގެ ކިބައިން ރައްކާތެރިކުރެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.