ޑިމޮކްރެޓްސް ގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް
ހަބަރު
22 Oct 2023 | 17:37
މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސް އިން ހުރިހާ ގޮނޑިއަކަށް ވާދަކުރަނީ!

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް މަދުކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްނުވެއްޖެނަމަ، އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައިވާ 93 ދާއިރާއަށްވެސް ދަ ޑިމޮކްރެޓްސް އިން ވާދަކުރާނެކަން އިއުލާންކޮށްފިއެވެ. 

ގާނޫނު އަސާސީ އިސްލާހު ކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު 76 އަށް ކުޑަ ކުރުމަށް އިލްޔާސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. 

އެ އިސްލާހުގައި ވަނީ އިދާރީ ދާއިރާތަކަށް 55 ގޮނޑި، ވޯޓް ލިބޭ ނިސްބަތުން ސިޔާސީ ޕާޓީތަކަށް 11 ގޮނޑި، އަންހެނުންނަށް ހާއްސަ 8 ގޮނޑި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރަން 2 ގޮނޑި ކަނޑައެޅުމަށް ވެސް ހިމަނާފައެވެ. 

އެކަމާއި ގުޅޭ ގަރާރެއް ޑިމޮކްރެޓްސް އިން މިއަދު ބޭއްވި އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި މުހައްމަދު ޝިފާޒް ހުށަހަޅުއްވާފައިވާއިރު، އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ޕާޓީން މިވަގުތު އެންމެ އިސްކަން ދީގެން މަސައްކަތް ކުރަންވީ އިލްޔާސްގެ އިސްލާހުގެ މަސައްކަތް ކާމިޔާބު ކުރުމަށެވެ. 

"ގާނޫނު އަސާސީއަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގޮނޑިއަށް މަދު ކުރުމަށާ، އެ އަދަދަަށްވުރެ މަޖިލީހުގެ ގޮނޑި، އިތުރު ނުކުރުމަށް މި ޕާޓީން (ޑިމޮކްރެޓްސް) އިން ވަކާލާތު ކުރުމަށާ، މި ޕާޓީން އެކަން ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށާ، އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ، ޑިމޮކްރެޓްސް އިން އިގްރާރު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިހާބުގައި މިޕާޓީގެ ފަރާތުން އިންތިހާބީ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ." ޝިފާޒުގެ ގަރާރުގައި ބުނެފައިވެއެވެ. 

ޝިފާޒުގެ އެ ގަރާރު މިއަދުގެ ބައްދަލުވުމުން ފާސްކޮށްފައިވާއިރު، އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، އެޕާޓީން އެންމެ އިސްކަމެއް ދޭނީ އިލްޔާސްގެ އިސްލާހުގެ މަސައްކަތަށް ކަމަށެވެ. އެހެންނަމަވެސް، އެ އިސްލާހު ފާސްނުވެއްޖެ ނަމަ، ޑިމޮކްރެޓްސް އިން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށްވެސް ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ އިސްލާހުގައިވާ ގޮތަށް އެކަންކަން ހަމަނުޖެހި ހިނގައްޖެ ނަމަ، ދެން އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރާ ގޮނޑީގެ އަދަދަށް، މިހާރު ވެއްޖިއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނު ކުރައްވާފަ އެވަނީ، އެހެންވީމަ އޭގެ މާނައަކީ މިވަގުތު އަޅުގަނޑުމެން 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ އިންޓަރިމް ބައްދަލުވުމުގައި ޑިމޮކްރެޓްސް އިން ވަނީ އެޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާއެއް އެކުލަވާލުމަށް ކުރެވެންހުރި ކަންކަން ކުރުމަށްވެސް ފާސްކޮށްފައި ކަމަށް ހަސަން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.