އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ/ވޮއިސް
ހަބަރު
23 Oct 2023 | 12:21
ދުނިޔޭގެ ގައުމުތަކުގެ ގަދަހިފުމުގެ ތެރޭގައި ރާއްޖެ ފިތެން ފުރުސަތެއް ނުދޭނަން: ޑރ.މުޢިއްޒު

ދުނިޔޭ ގަދަ ބާރުތަކުގެ ގަދަ ހިފުމުގެ ތެރޭގައި ރާއްޖެ ފިތެން ފުރުސަތެއް ނުދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ބީބީސީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެ ނޫހުން ވަނީ ޑރ.މުޢިއްޒު ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތު ތަކާއި ގުޅިގެން ސުވާލުތައް އަމާޒުކޮށްފައެވެ. އެގޮތުން، އިންޑިއާ އަދި ޗައިނާ އާއި މެދު ބައްވާނެ ގުޅުމާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމާއި މެދު އެމަނިކުފާނު ކެންޕެއިންގެ ތެރެއިން ވެވަޑައިގެންނެވި ވަޢުދާއި ގުޅޭގޮތުން ވެސް ބީބީސީން ސުވާލު ކޮށްފައިވެއެވެ. 

އެސުލުތަކަށް ޖަވާބުދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން، އިންޑިއާ ސިފައިން އެއްވެސް ސިފައެއްގައި ރާއްޖޭގައި ތިބެން ދިވެހިން ބޭނުން ނުވާކަން ރައްޔިތުން ހާމަކޮށްދީފައިވާކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވެވަޑައިގެންނެވި އެ ވައުދު ފުއްދެވުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއްނޫން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މި ފަސްގަނޑުގައި ތިބޭކަށް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ވާނީ އެކަމަށް ވަޢުދުވެފައި. އަދި އެ ވައުދުމަތީގައި އަޅުގަނޑު ދެމި ހުންނާނަން. އެ ވަޢުދު ފުއްދުމުގެ މަސައްކަތް ފުރަތަަމަ ދުވަހުގައި ފަށްޓާނަން."

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުޢިއްޒު ވަނީ، އިންްޑިޔާއާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން ވެފައިވާ ގޮތް ނޭނގޭ އެއްބސްވުންތައްވެސް ބައްލަވާނެ ކަމަށެވެ. 

"އަހަރެމެންނަކަށް ނޭނގެ އޭގައި ހުރި އެއްޗެއް. ރައްޔިތުންގެ މަޖިލީހުގައި ވެސް މަޖިލީހުގެ ބައެއް މެންބަރުން ބުނެފައި އެބަހުރި އެ އެއްބަސްވުންތަކުގައި ހުރި އެއްޗެއް މެންބަރުންނަށް ނޭނގޭ ކަމަށް. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންނަށް އެކަން ހޯދޭނެކަން"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މުޢިއްޒު އިތުރަށް ވިދާޅުވީ، ހިމާލަޔާ ބޯޑަރު ސަރަހައްދުގައި ޗައިނާ އާއި އިންޑިއާއާ ދެމެދު މަސްރަހު ހޫނުވެފައިވާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ރާއްޖެ ބޮޑު ނުރައްކަލަކަށް ހުށަހެޅުން ކަމަށެވެ. އަދި ދުނިޔޭގެ ގަދަ ބާރުތަކެއްގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ދުނިޔޭގެ ގަދަ ބާރުތަކެއްގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަ. އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނުދެވޭނެ" 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މީގެއިތުރުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު "ޕްރޯ-މޯލްޑިވްސް" ކަމަށާއި އެމަނިކުފާނަށް އަބަދުވެސް އެންމެ ފުރަތަމަ އަންނާނީ ރާއްޖެ ކަމަށެވެ. އަދި އެމަނިކުފާނަށް އެންމެ ފުރަތަމަ އެންމެ އިސްކަންދެއްވާނީ ރާއްޖޭގެ މިނިވަންކަން ކަމަށް ކަމަށާއި އެމަނިކުފާނު އެހެން ގައުމަކާ އެއްކޮޅެއް ވެސް ނުވަތަ ދެކޮޅެއް ވެސް ނޫންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.