ހެލްތް މިނިސްޓްރީ ހިންގަމުންދާ ޢިމާރާތް. ފޮޓޯ:ރާއްޖެ އެމްވީ
ހަބަރު
23 Oct 2023 | 13:38
ޞިއްޙީ ގޮތުން ފައިދާހުރި ގޮތަށް ހަރަކާތްތައް ބައްޓަން ކުރުމާއި ގުޅޭ ގާނޫނަށް އަމަލުކުރަން ފަށައިފި!

ރާއްޖޭގައި ބޭއްވޭ އިވެންޓް ތަކަކީ ސިއްޚީ ދުޅަހެޔޮ ކަމަށް ފެތޭ އިވެންޓަކަށް ހެދުމަށް  އުފެއްދި ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ ސިއްޙީގޮތުން ރަނގަޅު އާދަކާދަ އާންމު ދިރިއުޅުމުގައި ބޭނުންކުރުމަށް ބާރުއެޅުމަށާއި، ސާރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކާއި، ފެއަރ އަދި މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކުގެ އިތުރުން ސްކޫލްތަކުގައާއި އޮފީސްތަކުން ކުރިޔަށްގެންދާ އެކިއެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކާއި، މުހިންމު ދުވަސްތައް ފާހަގަ ކުރަން ބާއްވާ ޙަފްލާތަކާއި އެއްވުންތަކަކީ ސިއްޚީ ދުޅަހެޔޮކަމަށް ބާރުދޭ ބައްދަލުވުންތަކަކަށް ހެދުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ ޤަވާއިދެކެވެ.

މި ޤަވާއިދުގައި ބައްދަލުވުންތައް އިންތިޒާމް ކުރުމުގެ ކުރިން ސަމާލުވާންވީ ކަންކަން އެއްހަމައެއްގެ ތެރެއިން ކަނޑައެޅި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރާނެގޮތް ހިމަނައިފައިވެއެވެ.

ހަމަ މިއާއިއެކު  ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ސިއްހަތަށް ފައިދާހުރި ކެއިންބުއިން ފޯރުކޮށްދިނުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖިސްމާނީ ހަރަކާތްތެރިކަމަށް ހިތްވަރުދޭ މާޙައުލެއް ތަނަވަސްކޮށްދިނުމާއެކު ޞިއްޙީ ގޮތުން ފައިދާހުރި ގޮތަށް ހަރަކާތްތައް ބައްޓަން ކުރާނެ ގޮތްތައް ހިމެނިފައިވެއެވެ.  

އަދި މި ޤަވާއިދަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަން ޢަމަލު ކުރުމަށް ނަސޭހަތްތެރިވެ ބާރުއެޅުމާއެކު އޭގައިވާ ކަންކަން ތަންފީޒު ކުރެންވެމުންދާވަރު ކަމާގުޅުންހުރި އިދާރާތަކުން މޮނީޓަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސޯޝަލް ކައުސިލްއިން ވަނީ ނިންމަވާފައެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.