މަގުމަތީގެ ރައްކާތެރިކަމާ ބެހޭގޮތުން ބުޅަލައް މަޢުލޫމާތު ދޭ ވީޑިއޯއެއް!

25 Feb 2019 | 10:26

އަހަރުމެން އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ގިނަ ފަހަރަށް ދުނިޔެމަތީގައި ދިރިއުޅޭ އެހެން ޖަނަވާރުންނަށް ނުރައްކާވާކަން މިއީ އެންމެންވެސް ޤަބޫލުކުރާނެ ވާހަކައެވެ.

ޓެކްނޮލޮޖީ އާއި ތަރައްޤީ އެއްފަރާތަށް ލާ، އާންމު ދިރިއުޅުމުގައި މީހަކު ހެލިފެލިވެ އުޅޭ ވަގުތުވެސް ގަހެއް އެއްޗަކަށް ފައިން އެރުން، ނޫނީ ދުއްވަން އިން ކާރު ދަށުވެ ކުޑަ ޖަނަވާރަކަށް އަނިޔާވުން ކަހަލަ ކަމަކުން އަދި ގިނަ މީހުން ހިތައް މާ ބޮޑު އެއްޗެއްވެސް ނާރާނެއެވެ. އެހެންނަމަވެސް، ޖަޕާނުގައި ދުއްވާ އެއްޗެހި ސާރވިސް ކުރާ ކުންފުންޏެއް ކަމަށްވާ "ޔެލޯ ހެޓް" އިން މިވަނީ، އެ ގައުމުގެ މަގުތަކުގައި ދިރިއުޅޭ ބުޅާތަކަށް ޙާއްސަ، އެ ޖަނަވާރުންނަށް ފަހުމުވާނެފަދަ ގޮތަކަށް ފަރުމާކޮށް މަގުމާތީގެ ރައްކާތެރިކަމާއި ބެހޭ ވީޑިއޯ އެއް އުފައްދާފައެވެ.

"ޔެލޯ ހެޓް" އިން ބުނާ ގޮތުގައި ބުޅާތަކުގެ މުނިފޫހިފުލުވުމަށް ތައްޔާރުކޮށްފައިވާ މި ވީޑިއޯގައި ދައްކުވައިދެނީ، މަގުމަތީގައި ދިމާވެދާނެފަދަ ނުރައްކާތެރި ކަންތައްތަކެއްގެ ތަފްޞީލް، 3 ބުޅަލަކަށް އެހެން ބުޅަލެއް ކިޔައިދިނުމުގައި ޙަރަކާތްތެރިވާ މަންޒަރެވެ. އަދި "ކެޕްޓަން" ބުޅާ އެހެން ބުޅާތަކަށް މަގުތަކުގައި އުޅެންވީ ގޮތް ކިޔައިދެމުންދާއިރު، މަގުތައް މަތީ އުޅެން ނޫޅެންވީ ގޮތް ދަައްކުވައިދިނުމުގައި ވަނީ ބުޅާ ހެން ހެދުން އަޅައިންތިބި އިންސާނުންވެސް "ޔެލޯ ހެޓް" އިން މިކަމުގައި ބައިވެރި ކުރުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚަބަރުތައް ފެތުރޭގޮތުގައި މި ވީޑިއޯ ތައްޔާރުކޮށްފައިވަނީ ކްޔޯޓޯ ޔުނިވާރސިޓީގެ "އެނިމަލް ސައިކޮލޮޖީ ރީސާރޗް ޓީމް" އެއްގެ އެހީގައެވެ. ބުޅަލެއްގެ ސަމާލުކަން ދަމައިގަންނާނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ މި ވީޑިއޯގައި ފަހަތުން މީދަލުގެ އަޑާއި ގާތްކުރާފަދަ ގޮތަކަށް ދޫނި ގޮވާ އަޑުވެސް އިވެން ހުރެއެވެ. އަދި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، މި ވީޑިއޯއަކީ ބުޅަލެއްގެ ޝައުގުވެރިކަން ގާތްގަނޑަކަށް 15 ސިކުންތުވަންދެން ހިފަހަށްޓާލާ އުފެއްދުމެކެވެ.

Advertisement

ކޮމެންޓް