ރައީސް ނަޝީދުގެ މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙު އައްޔަންކުރެއްވި ޚާއްޞަ މަންދޫބު އައްބާސް ފާއިޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
24 Oct 2023 | 15:45
"ނަޝީދަށް ދެވުނު ހަމަލާގެ ޝަރީޢަތް ލަސްވާ މައްސަލާގައި ޖޭއެސްސީން ދެއްކީ ގަބޫލު ނުކުރެވޭ ސަބަބެއް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއި 2021 ދިން ހަމަލާގެ ޝަރީޢަތުގެ އަޑުއެހުންތައް ލަސްވާ މައްސަލާގައި ޖޭއެސްސީން ދެއްކީ ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށް އެ މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙު އައްޔަންކުރެއްވި ޚާއްޞަ މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ޝަރީޢަތް ލަސްވެފައިވާ ކަމަށާ، އެއީ އެކަމުގެ އަސަރު ރާއްޖޭގެ އިޖުތިމާޢީ އަދި ސިޔާސީ މަޝްރަހަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ލަސްވާތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިތުރަށް ކުރިމިނަލް ކޯޓުގެ ރަޖިސްޓަރާއާ ބައްދަލުކުރައްވައި ލަސްވާ ސަބަބުތައް އޮޅުންފިލުއްވި ކަމަށެވެ. އަދި އެ ހުރިހާ އިދާރާ އަކުންވެސް ޝަރީޢަތް ލަސްވަމުންދާ ގިނަ ސަބަބުތަކެއް ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ފާހަގަކުރި ސަބަބުތަކަކީ؛

1) މައްސަލައިގެ އަޑުއެހުންތަކާ ހަވާލުވެވަޑައިގެންނެވި ބައެއް ފަނޑިޔާރުން އެ ޝަރީޢަތްތަކުން ތަނާޒުލުވެވަޑައިގަތުމުން، ފަނޑިޔާރުން ބަދަލުވުމުން ގެންނަންޖެހުނު ބަދަލުތަައް. 

2) ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މަތީ މަރުހަލާގެ ކޯޓަށް ޕްރޮމޯޓުވެވަޑައިގަތުމުގެ ސަބަބުން އޭނާގެ މަޤާމު ދުވަސްތަކަކަށް ހުސްކޮށް އޮތުން. 

3) ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެއްފަހަރާ 10 ޤާޟީންނަށްވުރެ ގިނަ ޤާޟީންނަށް މައްސަލަތައް ބެއްލެވުމަށް ފަހިނުވުން

އައްބާސް ވިދާޅުވީ، ފަނޑިޔާރުން އައްޔަނު ކުރުމުގެ ލަސްތަކާއިހުރ، ނަޝީދުގެ ހަމަކާގެ ޝަރީޢަތް ލަސްވާތީ، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. އަދި އެ ކަންބޮޑުވުން ހިއްސާކުރެއްވުމުން ޖޭއެސްސީ ބުނެފައިވަނީ ފަނޑިޔާރުން އައްޔަންކުރުމުގެ އިޖުރާއާތަކީ އުދަގޫ އެކަމަށް ވަގުތު ހޭދަވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ގަބޫލު ކުރެވޭ ސަބަބެއް ނޫން ކަމަށް ޖޭއެސްސީ މެންބަރުން އަރިހުގައި ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަހަރެން ބުނިން ޖޭއެސްސީގެ އެ ސަބަބަކީ ގަބޫލު ކުރެވޭ ސަބަބެއް ނޫން ކަމަށް. އެހެން ބުނުމުން ޖޭއެސްސީން ބުނީ، މައްސަލަތައް އަވަސްކުރުމާއި، ކޯޓުތަކުގެ ޤާނޫނީ މިނިވަންކަމުގެ ދެމެދުގައި ތިލަފަތް ހަމަކުރަން މަސައްކަތްކުރަންޖެހޭކަމަށް. އަދި މައްސަލަ އަވަސްކުރުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރާނެކަމަށްވެސް އެ ކޮމިޝަނުން ބުނި. އޭގެ ފަހުން އެ މައްސަލައިގެ ތަފުސީލީ ތާވަލެއް ކުރިމިނަލް ކޯޓުން ވަނީ އެކުލަވާލައިފަ. އެހެން ނަމަވެސް، މަސައްކަތް ކުރިއަށްދާ ދުވެލި އަދިވެސް ވަރަށް ލަސް. އެއީ އަހަރެންވެސް ދިވެހު ރައްޔިތުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް. 

އައްބާސް ފާއިޒު

މީގެ އިތުރުން އައްބާސް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި ހުރެ މައްސަލަ ލަސްވާ ކަމަށް، އެ ކޯޓުން ބުނި ނަމަވެސް، ކޯޓުގައި ހުރި ޖާގަ މިހާރަށްވުރެ ރަނގަޅަށް ބޭނުންކުރެވިއްޖެނަމަ މިހާރަށްވުރެ މައްސަލަތައް އަވަސްކުރެވޭނެކަމަށެވެ.
އެހެންކަމުން، ކޯޓުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މާހިރުން އެ ކޮމިޝަނަށް ލިބުމަކީ ބޭނުންތެރި މުހިއްމު ކަމެއް ކަމަށް އައްބާސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.