ސަރުކާރުގެ ގިނަ އޮފީސްތަކެެއް ހިންގާ ވެލާނާގެ. ފޮޓޯ: އިންޓަރނެޓް
ހަބަރު
24 Oct 2023 | 15:53
ބަންދުދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭން ފަށައިފި

ސަރުކާރު ބަންދު ދުވަސްދުވަހު މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭން ފަށައިފިއެވެ.

ބަންދު ދުވަސް ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭން ފަށައިފައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނެސްގެނެވެ.

މީގެކުރިން ޢަމަލުކުރަމުން އައި ޕޭ ފްރޭމްވޯކްގެ މިންގަނޑުގައިވާ ގޮތުން ހާޒިރީ އެލަވަންސް ދެމުން އަންނަނީ ރަސްމީ ދުވަސްތަކުގައި މަސައްކަތް ކުރާނަމައެވެ.

ނަމަވެސް މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ވަނީ އެ މާއްދާއަށް ޢަމަލުކުރާ ގޮތަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ.

އޮފީހަށް ހާޒިރުވުންކަމަށް މާނަކޮށްފައިވަނީ މުވައްޒަފު ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާއި އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތެއްގައި ’ސައިން-އިން‘ ވެގެން ހާޒިރުވުމެވެ.

މީގެއިތުރުން ރަށްރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް އެލަވަންސްގައި ހިމަނާނެއެވެ. އަދި ވަޒީފާގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މުވައްޒަފު އިދާރާއަށް ހާޒިރުވެ ޑިއުޓީ އުުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ މަދުވެގެން ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާނަމަ ވެސް ހާޒިރީ އެލަވަންސް ލިބޭ ގޮތައް ވަނީ ޕޭ ފްރޭމްވޯކަށް ބަދަލުގެނެސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.