އާޒިމާ ޝުކޫރު ކަނޑުވިއްކާލުމާއި ދެކޮޅު ޖަލްސާގެ ތެރެއިން/ ފޮޓޯ: އަވަސް
ހަބަރު
26 Oct 2023 | 15:18
އާޒިމާ އެމްޑީޕީއަށް: ތިޔަ ފެށީ ފުރަތަމަ ވެސް ބަލިވާނެ ހަނގުރާމައެއް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ނިމެމުން މިދާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފެށި ހަނގުރާމަ އަކީ ބަލިވާނެ ހަނގުރާމައެއްކަން ހާމަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ. 

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްގެ ސޮޔާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލައާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅުވާ އެމްޑީޕީގެ ޕީޖީން ވަނީ ރައީސް ނަޝީދުގެ ރިޔާސަތުގައި ޑރ މުއިއްޒު ކުރައްވާ ހުވާ ބަލައިނުގަންނާނެ ކަމަށާއި، އަދި ޑރ މުއިއްޒުގެ ކެބިނެޓަށް ރުހުން ވެސް ނުދޭނެކަމަށް ބުނެފައެވެ. 

އެކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އެމްޑީޕީއަށް އަމާޒުވަމުން އަންނައިރު، އެކަމާއި ގުޅުވާ އާޒިމާ ޝުކޫރު ވަނީ އެމްޑީޕީގެ އެ ނިންމުމަކީ އެއްވެސް ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމެއްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. 

އެގޮތުން އާޒިމާ ލިޔުއްވި ޕޯސްޓެއްގައި ވަނީ ޑރ މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއެޅުމުން މަޖިލީހުގެ ރިޔާސަތުން ނަޝީދު ބޭލޭނެތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. އަދި އެފަދައިން އެކަން ކުރުމުން ސަރުކާރު ހުއްޓުމަކަށް ގެނެވޭނެތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ. 

އެއާއެކު އާޒިމާ ވިދާޅުވީ އެމްޑީޕީ ޕީޖީން އެ ފެށީ ފުރަތަމަ ވެސް ބަލިވާނެ ހަނގުރާމައެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމުން ހާމަވެގެންދަނީ ސަރުކާރުގެ ގާނޫނީ ވަކީލުންގެ ފެންވަރެއް ނެތް މިންވަރު ކަމަށާއި، އެ ވަކީލުން ތިއްބަވައިގެން ޗާގޯސް މައްސަލަ މޮރިޝަސް ކޮޅަށް ނިމުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށް ވެސް އާޒިމާ ސިފަކުރެއްވި އެވެ. 

"އޭރުން ނަޝިދާއި އީވާ މަގާމުން ވަކިކުރެވުނުކަމަށް ވާނެތޯ؟ ސަރުކާރު ހުއްޓުމަކަށް ގެނެވޭެތޯ؟ ފުރަތަމަ ވެސް ބަލިވާނެ ހަނގުރާމައެއް. މި ސަރުކާރުގެ ގާނޫނީ ޓީމުގެ ފެންވަރު އެނގެނީ މިކަހަލަ ދެކޮޅު ނުޖެހޭ ކަންކަމުން. ޗާގޯސް މައްސަލަ ގެއްލުނީ ގެއްލެންވެގެން"

ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު

އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް އެމްޑީޕީން ހުރަސްއަޅަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންގެވުމަށްކަން ފާހަގަކޮށް ދަ ޑިމޮކްރެޓްސްއިން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އެކަން މިހާރުން މިހާރަށް ހުއްޓާލާ ޑިމޮކްރަސީގެ ރީތި އާދަތަކުގައި އެމްޑީޕީން ހިފައިގެން ކުރިއަށް ދިއުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް
ސާކިރުބޭ
މަޖިލީހުގަމިތިބީ ރަތްއިތުހޮވާފަތިބިބައެކޯ އެހެންވީމަ މިމީހުންބޭނުންގޮތެއްހެދެއޯ ކިހާހެއްވާ ރައީސަކީ ކޮންބައެތްހޮވާފަހުރިމީހެއް
26 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.