ހާލާ ހަމީދް އދ ގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: އިންޓަނެޓް
ހަބަރު
27 Oct 2023 | 08:04
އިންސާނިއްޔަތު ހިމާޔަތްކުރުމަށް އދ ނުކުޅެދިއްޖެ: ހާލާ ހަމީދު

އިންސާނިއްޔަތު ހިމާޔަތް ކުރުމަށް އދ ފެއިލްވެއްޖެކަމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ހާލާ ހަމީދް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުުގައި އިޒްރާއިލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގޮވާލާ ހުށައެޅި ގަރާރަށް ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ހާލާ ވިދާޅުވީ އދ. އަކީ އިންސާނިއްޔަތު ހިމާޔަތްކުރުމުގެ މަތިވެރި މަގްސަދުގައި އުފައްދާފައިވާ ޖަމުއިއްޔާއެއް ކަމަށެވެ.

އެހެން ނަމަވެސް، އެ މަޤްސަދު ހާސިލްކުރުމަށް އެ ޖަމުއިއްޔާ ނުކުޅެދެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، އެއީ މާޔޫސްކަން ގެނުވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހާލާ ވިދާޅުވީ އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދެމުންދާއިރު އާންމު ރައްޔިތުންނާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދެމުންދާ ކަމަށެވެ.

ހުއްޓުމެއް ނެތި ދެމުންދާ އެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އިޒްރާއިލްގެ އެ ޓެރަރިޒަމްގެ އަމަލުތައް ވަގުތުން ހުއްޓުވެން ޖެހޭ ހާލަތަށް މަޝްރަހު ގޯސްވެފައިވާކަން ހާލާ ފާހަގަކުރެއްވި އެވެ. އެއާއި ގުޅުވާ އޭނާ ވިދާޅުވީ އެ ހަމަލާތައް ހުއްޓުވުމަށް އދ އަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ ވެސް ހިތާމަކުރައްވާ ކަމަށެވެ.

ފަލިސްތީނު މައްސަލައިގައި، އިންސާނިއްޔަތު ހިމާޔަތްކުރުމަށް އދ ފެއިލްވެފައިވާ މިންވަރު ފެނިގެންދާކަން ހާމަކުރައްވާ ހާލާ އިތުރަށް ވިދާޅުވީ އިޒްރާއިލުން ފަލިސްތީނަށް އަޒާމުކޮށް ދެމުންދާ ހަމަލާތަކުގައި ރަހީނުކޮށްފައިވާ އާންމުން ވަގުތުން ދޫކޮށްލަން އދ އަށް ނޭންގުނުކަމީ ވެސް އިންސާނިއްޔަތު ހިމާޔަތްކުރުމުގެ މަސައްކަތުގައި އދ ފެއިލްވެފައިވާ މިންވަރު ފެނިގެންދާ މިސާލެއް ކަމަށެވެ.

އޭގެ އިތުރުން ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ވެސް އދ ގެ އެހީތެރިކަން ލިބިފައި ނުވާކަން ހާލާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ފަލަސްތީނު މައްސަލައިގައި އދ އަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ގޮވައިލާ އ.ދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި އިތުރު ދެ ޤަރާރުވެސް ވަނީ ފެއިލްކޮށްލާފަ އެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
އދ އުވާލަންވީ
27 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.