މާސީން ހިންގި ފަންޑް ރެއިޒިން އިވެންޓެއްގެ ތެރެއިން-- ފޮޓޯ/ މާސީ
ހަބަރު
27 Oct 2023 | 13:03
ތަފާތު ގޭމް ތަކާއި އެކު ފަލަސްޠީނަށް އެހީވުމަށް ފަންޑް ރެއިޒިން އިވެންޓެއް މިއަދު ހަވީރު!

އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ޢުދުވާނީ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ފަންޑް ރެއިޒިން އިވެންޓެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިއްްޖެއެވެ. 

"މާސީ" ޖަމިއްޔާ އިން އިންޓަނޭޝަނަލް އެއިޑް ކެންޕެއިނާއި ގުޅިގެން މިއަދު ހަވީރު 16:00 އިން މިރޭ 21:00 އަށް ބާއްވާ މި އިވެންޓް އޮންނާނީ ރަސްފަންނު ގައެވެ. އަދި މި އިވެންޓްގެ ތެރެއިން ތަފާތު އެކި ގޭމް ތައްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މާސީން ބުނެފައިވެއެވެ. 

މާސީން އިތުރަށް ބުނީ، މި ފަންޑް ރެއިޒިން އިވެންޓުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އައިއޭސީން ފަލަސްޠީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ކަމަށެވެ. 

ފަލަސްތީނުގައި ޔަހޫދީން ހިންގާ އިންސާނިއްޔަތާއި ހިލާފު ބޮޑު ގަތުލް އާންމުގައި މިހާތަނަށް 7000 މީހުން ވަނީ ޝާހީދުކޮށްލާފައެވެ. 

ހަނގުރާމަ ހުއްޓިދާނެ ކަމުގެ މަލަމަތި އަދި ފެންނަން ނެތްއިރު، އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހުރަސް އަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.