ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ހަބަރު
27 Oct 2023 | 20:08
ރައީސް ނަޝީދު މަގާމުން ދުރުކުރުން ހުއްޓުވަން ކުރެވޭނީ ދެކަމެއް؛ އެ ދެ ކަމުގެ ހައްލުވެސް އެބައޮތް: ނިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުން ހުއްޓުވަން ޑިމޮކްރެޓްސް އަށް ކުރެވޭނީ ދެ ކަންތައް ކަމަަށާ އެ ދެ ކަންވެސް ހައްލު ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ރޭ ޑިމޮކްރެޓްސްއިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

"އެމްޑީޕީ އަނެއްކާވެސް ތިދަތީ ބަލިވަން. ބޮޑުތަނުން ބަލިވާން ތިދަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަޖިލީހުގއި ތިބެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރަން ތި ހުށައަޅާފައި އޮތް ހުށައެޅުން ބަލައިގަނެގެންނެއް ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތް. އެ ފުރުސަތެއް އަޅުގަނޑުމެނެއް ނުދޭނަން"

ޢަލީ ޢާޒިމް

އާޒިމްގެ އެވާހަކަ އާއި ގުޅިގެން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ނަޝީދުގެ މައްސަލަ ކާމިޔާބު ވިޔަ ނުދިނުމަށް ޑިމޮކްރެޓްސް އަށް ކުރެވޭނީ ދެ ކަންތައް ކަމަށެވެ. 

އެއީ ނައިބު ރައީސް އީވާ އަބްދުالله ޖަލްސާގެ ރިޔާސަތަށް ވަޑައިނުގަތުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ 2 ކަމަށް ވެސް އެމް.ޑީ.ޕި ގެ ހައްލު އެބައޮތް. ފަހަތަށް ޖެހުމެއް ނެތް." ނިޔާޒް ވިދާޅުވި އެވެ. 

އާދީއްތަ ދުވަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނެގުން ތާވަލުކޮށްފައިވީ ނަމަވެސް އެ ދުވަހުގެ ޖަލްސާގެ ކުރިއަށް ދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެގޮތުން ރިޔާސަތުގައި ނަޝީދު ނޫން ބޭފުޅަކު އިންނަވަން ޖެހޭ އިރު، މަޖިލީހުގެ ނައިބު ރައީސް އީވާގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ޑިމޮކްރެޓްސް ގެ ބައެއް މެންބަރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.