ރައީސް ޔާމީން/
ހަބަރު
28 Oct 2023 | 23:15
އާންމުންނާއި ބައްދަލުކުރެވޭގޮތަށް ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްފި

އާންމު ޖަލްސާތަކުގައި ބައިވެރިވެވޭގޮތަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ހުކުމް ރަށު ބަންދަށް ބަދަލުކޮށްފި އެވެ.

މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަފުޅުދައްކަވާ ކުރެއްވި އިލްތިމާސްތަކަށް ފަހުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ލުޔަކާއި އެކު ރައީސް ޔާމިނަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެ އެވެ. އަދި އާންމު ރައްޔިތުންނާއި ބައްދަލުކުރުމުގެ އިތުރުން ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވަނީ މައުތަބަރުކޮށް މައުލޫމާތު ލިބިފައެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ އާރަށު މުއާމަލާތާއި ގުޅުވާ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލުހުމުން ގެކޮޅުގައި ހުންނަވާ ތަންފީޒު ކުރައްވަމުން ނެވެ. 

އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަަލަ ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައިވަނިކޮށް ވަނީ މަޑުޖެހިފައެވެ. 

މިފަހުން އެ މައްސަލަ މަޑުޖެހިފައިވަނީ ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެންނެވެ. 

އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ހައިކޯޓުން ހާމަކޮށްފައި ނުވާއިރު، އެ މައްސަލަ އަވަސްކުރުމަށް ސަޕޯޓަރުން ކެނޑިނޭޅި ގޮވާލަމުންދާ ކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ޢަހު
ދެން އެހެން ނޫސްތަކުގަ މިވާހަކަ ނެތީ ކީއްވެ
28 Oct 2023
Solih Ahmed
އަލްހަމްދުﷲ
28 Oct 2023
މާމަ
ޔަހޫދީ ނަތަންޔާހޫ ގެ ސިޔާސަތުން ދިންލުޔެކެވެ. ތީ މީގެކުރިންވެސް ދޭންޖެހޭ ލުޔެކެވެ. މުނާފިގުން ވަކިކުރަން ނުދަންނަ މީހުން ގިނަވެއްޖެއެވެ.
29 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް