ސަން ޓީވީގެ ކުރީގެ ސްޓޭޝަން އިންޗާޖް މުހައްމަދު ޝަހީބު---ފޮޓޯ: ވޮއިސް
ހަބަރު
01 Nov 2023 | 13:14
ޔަހޫދީން ގޯސްކުރާތީ 'ޢިލްމީ ޚަޒާނާ' ހުއްޓުވަން ނަޝީދާއި އެމެރިކާ އެމްބަސީން ވެސް މަސައްކަތް ކުރި: ޝަހީބު

ސަން އެފްއެމް އިން، ޢަލީ ރަމީޒު ހުށަހަޅައިދީގެން ގެނެސްދޭން ފެށުނު "ޢިލްމީ ޚަޒާނާ" ޕްރޮގްރާމް ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމެރިކާގެ އެމްބަސީން ވެސް މަސައްކަތް ކޮށްފައިވާ ކަން ހާމަކޮށްފިއެވެ. 

މިކަން ހާމަކުރައްވާފައި ވަނީ، "ޢިލްމީ ޚަޒާނާ"ގެ 500 ވަނަ ޕްރޮގްރާމް އަށް ޚާއްސަކޮށް 'ދާރިސް ޓީވީ' އިން ކުރިއަށް ގެންދިޔަ ޚާއްސަ އިވެންޓެއްގެ ތެރެއިން، ކުރިން ސަން އެފްއެމްގެ ޕްރޮގްރާމްތަކާއި ޚަބަރުތައް ރާވައި ހިންގުމުގައި އިސްކޮށް ހުންނެވި އެ ސްޓޭޝަންގެ ސްޓޭޝަން އިންޗާޖް، "އަދިވެސް" އޮންލައިން ނޫހުގެ ވެރިޔާ މުހައްމަދު ޝަހީބެވެ.

މި ޚާއްސަ އިވެންޓްގެ ތެރެއިން ޝަހީބް ވަނީ އިލްމީ ޚަޒާނާ ޕްރޮގްރާމް ފެށިގެން އައި ގޮތަށްވެސް އަލި އަޅުއްވާ ލައްވާފައެވެ. އެގޮތުން 2009 ވަނަ އަހަރު އޭނާ ސަން އެފްއެމްގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ސަން އެފްއެމް މެދުވެރިކޮށް ޚާއްސަ ޝަޚުސިއްޔަތުން ހުށަހަޅައިދޭ ޕްރޮގްރާމް ގެނެސްދިނުމުގެ މަސައްކަތް ފެއްޓެވި ކަމަށާ އެ މަސައްކަތުގެ ތެރެއިން ޢަލީ ރަމީޒުގެ ޕްރޮގްރާމް އެއް ގެނައުމަށް ބޭނުންވެ އެކަން ޢަލީ ރަމީޒަށް ހުށަހެޅުއްވި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި އޭނާގެ ހުށަހެޅުމާއި އެއްގޮތަށް ޖަމިއްޔަތުއްސަލަފާއި ގުޅިގެން ޢަލީ ރަމީޒުގެ މޭސްތިރި ކަމުގެ ދަށުން އެ ޕްރޮގްރާމް ފެށި ވަރަށް މަގުބޫލު ޕްރޮގްރާމަކަށް ވެގެން ދިޔަކަމަށާ، އެ ޕްރޮގްރާމްގެ ބައެއް ކޮންޓެންޓާއި ގުޅިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންގެ ސަމާލުކަންވެސް ޕްރޮގްރާމަށް ލިބިގެން ދިޔަ ކަމަށް ޝަހީބު ވިދާޅުވި އެވެ.

އިލްމީ ހަޒާނާގެ ޓީމު--ފޮޓޯ: ވޮއިސް

އެގޮތުން ސަން މީޑިއާގެ ވެރިޔާގެ، އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) އާއި އެކު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، އެ ޕްރޮގްރާމް ހުއްޓާލުމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އެމެރިކާގެ އެމްބަސީގެ ބޭފުޅުންގެ ފަރާތުންވެސް އެދިލެއްވިކަން ސިޔާމް ފާހަގަ ކުރެއްވިކަން ޝަހީބު ވިދާޅުވި އެވެ. އަދި އޭގެ ސަބަބެއް ކަމަށް އެ ބޭފުޅުން ދެއްކެވީ ޔަހޫދީންނާއި ގުޅޭގޮތުން ނަފްރަތު އުފެދޭ ފަދަ ވާހަކަތައް އެ ޕްރޮގްރާމް މެދުވެރިކޮށް ދެއްކުން ކަމަށް ވެސް، ސިޔާމް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ. 

"(ސިޔާމް ވިދާޅުވީ) މިހާރު ތިމަންނައަށް މީހުން އެބަގުޅައޭ. ސިޔާސީ މީހުން އެބަ ގުޅައޭ. ސަން އެފްއެމް އިން މިޔަނި ކަހަލަ އެއްޗެހި ގެންނަނީ އޭ. އެމީހުން ހުއްޓުވާށޭ. އަޅުގަނޑު ބުނިން ކޮންބައެއް ހޭ ގުޅަނީ. (ސިޔާމް) ވިދާޅުވީ ރައީސް ނަޝީދުވެސް އެބަ ގުޅައޭ. މަޖިލިސް މެންބަރުން ވެސް އެބަ ގުޅައޭ. އަޅުގަނޑު ބުނިން ކަމަކާހޭ. ކޮބާހޭ އެ ބޭފުޅުންގެ މައްސަލައަކީ. (ސިޔާމް ވިދާޅުވީ) އެންމެ ބޮޑު ޝަކުވާއެއް އަންނަނީ ޢިލްމީ ޚަޒާނާއޭ. އަޅުގަނޑު ބުނިން ޢިލްމީ ޚަޒާނާގެ ކޮބާތޯ މައްސަލަ އަކީ. ސިޔާމް ވިދާޅުވީ އިލްމީ ޚަޒާނާގައި މާ ބޮޑަށް ޔަހޫދީންގެ ގޯސް ވާހަކަ ދައްކާތީ އެމެރިކާ އެމްބަސީން ވެސް އެބަ އޮތޯ އަންގާފައި އިލްމީ ޚަޒާނާ ހުއްޓުވަން. އަޅުގަނޑު ދެންނެވިން ޢިލްމީ ޚަޒާނާ އެމީހުން (އެމެރިކާ އެމްބަސީ މީހުން) އަޑު އަހަނީ. (ސިޔާމް ވިދާޅުވީ) ރައީސް ނަޝީދު ވިދާޅުވިއޭ އެ ހުރިހާ ޕްރޮގްރާމެއް ރިކޯޑް ކޮށްގެން، އެ ތަރުޖަމާކޮށްގެން އެމީހުން އަޑު އަހައޭ. އޭގައި މާ ބޮޑަށް ޔަހޫދީންނަށް ދެރަވާ ގޮތަށް ނިކަމެތިވާ ގޮތަށް ވާހަކަތަކާ އެއްޗެހި ހުންނަނީއޭ އެ ޕްރޮގްރާމް ގައި. އެހެންވެ އެ ހުއްޓުވާލަދޭނެ ގޮތެއް ހަދާލަދޭށޭ (ނަޝީދު) ދެންނެވިއޭ." 

ޝަހީބާއި ސިޔާމް އާއި ދެމެދު ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވައި އޭނާ ވިދާޅުވި އެވެ. 

ޝަހީބު ވިދާޅުވީ، ރައީސް ނަޝީދު އެފަދައިން އެދިލެއްވުމުން، ސަން އެފްއެމްގެ ކޮންޓެންޓް ތަކާއި ސިޔާމް ނުބެހޭނެ ކަމަށް އޭނާ ނަޝީދަށް ދެންނެވި ވާހަކަ ސިޔާމް ވިދާޅުވި ކަމަށާ، އަދި ޕްރޮގްރާމް ތައް ރާވައި ހިންގުމުގެ ކަންކަން ކުރާ ފަރާތްތަކުން އެކަން ކުރާނީ އެންމެ ރަނގަޅަށް ކަމަށްވެސް ދެންނެވި ކަން ސިޔާމް ފާހަގަކުރެއްވި ކަމަށެވެ. 

ސަން އެފް އެމް އިން ގެނެސްދޭން ފެށުނު ޢިލްމީ ޚަޒާނާ ޕްރޮގްރާމްގެ 500 ޕްރޮގްރާމް ހަމަވެފައިވާއިރު، މިހާރު އެ ޕްރޮގްރާމް ގެނެސްދެނީ ދާރިސް ޓީވީން ނެވެ. އެއީ ދީނީ އެކިއެކި މަޢުޟޫތަކަށް ވާހަކަ ދެކެވި، އެ މައުޟޫމާތު އާއްމުންނާ ހިއްސާ ކުރުމަށް ގެނެސްދެވޭ ޕްރޮގްރާމެކެވެ. ޢަލީ ރަމީޒް ހުށަހަޅައިދެމުންދާ އެ ޕްރޮގްރާމް ގައި ދީނީ މަޢުލޫމާތު ދެއްވަނީ ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިންނެވެ. 

ކޮމެންޓް
ގަންޖާ
ނަސީދު ތީ ލާދީނކިމީހެއް.
01 Nov 2023
ޓާޓާ
ލާދީނީ ބައިގަޑަށް ކެތެއްނުވިދޯ މިހާރު އިތުރު ލާދީނީ އެއް އަރުވެއްޖެ ޖަލުހުކުމެއްގަ ހުރެފަ އައިސް މިބުނަނީ ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަކީ ޔަހޫދީންނޭ
01 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.